ގުރުއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި މުރާޖައާ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

ގުރުއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި މުރާޖައާ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލައިފި

Author
އަހުމަދު
16 ޖެނުއަރީ 2024 05:02
0

ކީރިތި ގުރްއާނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމާއި މުރާޖައާ ޕްރޮގްރާމްގައި ބައިވެރިވާން ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން ރޭ ކުރި އިއުލާނެއްގައި ވަނީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން އެ މަރުކަޒުގެ ފަރާތުން ގުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމްތަކެއް ފެށުމަށް ނިންމާފައިވާތީ، އެ ޕްރޮގްރާމްތަކުގައި ބައިވެރިވާން ހުޅުވާލާ ކަމަށެވެ.

މިގޮތުން އެ މަރުކަޒާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދަން ހުޅުވާލާފައި ވަނީ ބަލައިގެން ކިޔެވުމަށް އަހުލުވެރި ކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖައާކުރުމުގެ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 15 ޖަނަވަރީ 2024 އިން ފެށިގެން ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު 15 ޖަނަވަރީ 2024 އިން ފެށިގެން އެ މަރުކަޒުގެ ވެބްސައިޓު (www.nchq.gov.mv) އިން ލިބެންހުންނާނެކަމަށް އެ މަރުކަޒުން ބުނެއެވެ.

މި ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވަނީ 24 ޖަނަވަރީ 2024 ގައެވެ. އަދި ނިންމުމަށް އަމާޒުކޮށްފައި ވަނީ 8 އޭޕްރީލް 2024 އެވެ.

މިކަމަށް އެދޭ ފަރާތްތަކުން އެކަމަށް ހާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށް ނުވަތަ އެތަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.