ދިވެހިންނަށް ވިސާއާ ނުލައި މޮންގޯލިއާއަށް ދަތުރު ކުރެވޭގޮތް ހަދައިފި

ދިވެހިންނަށް ވިސާއާ ނުލައި މޮންގޯލިއާއަށް ދަތުރު ކުރެވޭގޮތް ހަދައިފި

Author
ހުސެއިން
15 ޖެނުއަރީ 2024 03:35
0

ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއިން މިއަދު ވިދާޅުވި ގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މޮންގޯލިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާއި ނުލައި ދަތުރު ކުރެވޭނެގޮތް ވަނީ ހަމަޖެހިފައެވެ.

މިކަމުގެ ތަފްސީލް ދެއްވަމުން ހާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެ އާއި މޮންގޯލިއާ އާއި ދެމެދު ވެވިފައިވާ  އެއްބަސްވުމުގެ ދަށުން ސައްހަ ޑިޕްލޮމެޓިކް، އޮފިޝަލް އަދި އޯޑިނަރީ ޕާސްޕޯޓް އޮންނަ ދިވެހިންނަށް މޮންގޯލިއާއަށް އެތެރެވެ ތިބެވޭނީ އެ ގައުމަށް އެތެރެވާ ދުވަހުން ފެށިގެން ގިނަވެގެން ތިރީސް ދުވަހުގެ މުއްދަތަކަށެވެ.

ދިވެހި ދަޢުލަތުން ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއި އެކު ބޭރުގެ ޤާއުމުތަކަށް ދަތުރުފަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން 17 އޮގަސްޓްގައި ދިވެހިރާއްޖެ އާއި މޮންގޯލިއާ ދެމެދުގައި ސޮއިކުރި ވިސާއާ ގުޅޭ އެއްބަސް ވުމުގައިވާ ގޮތުން ދިގު މުއްދަތަކަށް މަޑުކުރަން ނުވަތަ ވަޒީފާ އަދާކުރަން ނުވަތަ ކިޔަވަން ދާން ނުވަތަ މޮންގޯލިއާގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހިން ދަތުރުކުރުމުގެ ކުރިން އެކަށީގެންވާ ވިސާ އެއް ނަގަން ޖެހޭނެއެވެ.

މިހާރުވެސް ވިސާ އާއި ނުލައި ދިވެހިންނަށް ދުނިޔޭގެ 94 ޤައުމަކަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެހިފައިވާއިރު އިތުރު ޤައުމުތަކަށް ވިސާ އާއި ނުލައި ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަކީ ދަވެހި ދައުލަތުން އަބަދުވެސް ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.