ރާއްޖެއާއި އިންޑިޔާއާ ދެމެދު އެކުލަވާލާފައިވާ ހައިލެވެލް ކޯރ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން މިއަދު މާލޭގައި ބާއްވާފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއަދު އިންޑިއާއާއި ރާއްޖެއާ ދެމެދުން ބޭއްވުނު ބައްދަލުވުމަށްފަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅިވެފައިވަނީ، ރާއްޖޭގެ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ދެފަރާތުން ދެޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމުގައެވެ. އަދި ދެޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކަކާއި، ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ދެ
ފަރާތުން ވެސް ވަނީ އެއްބާރުލުން އިތުރަށް ވަރުގަދަކުރަން ޝައުގުވެރިކަން ފާޅުކޮށް، އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް އެއްބަސްވެފަ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ހައިލެވެލް ކޯރ ގްރޫޕްގެ ދެވަނަ ބައްދަލުވުން، ދެފަރާތަށް އެއްބަސްވެވެ ވަގުތެއްގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމުގައެވެ.
ރާއްޖޭގައި ތިބި 88 އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިޔުމަށް ދިވެހި ސަރުކާރުން އެދިފައިވާކަން ރައީސް އޮފީހުން މިއަދުވަނީ ހާމަ ކޮށްފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމްއެވެ.
އޭނާ ވިދާޅުވީ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ރައީސް މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ކުރިއަށްގެންދާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެކަމާ ގުޅޭގޮތުނ މިހާތަނަށް 11 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި މިއަދު ފޮރިން މިނިސްޓްރީގައު ބޭއްވުނީ އެކަމާއި ގުޅޭ 12 ވަނަ ބައްދަލުވުން ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
އަދި އޭވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި 15 މާޗުގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލަން ހުށަހަޅުއްވާފައިވާ ކަމަށެވެ.