މިއީ ޤައުމީ އެއާލައިން ފުޅާކޮށް، ލިބިފައިވާ ފުރުސަތުގެ ބޭނުންކުރަންވީ ވަގުތު: ފިރާޤު

މިއީ ޤައުމީ އެއާލައިން ފުޅާކޮށް، ލިބިފައިވާ ފުރުސަތުގެ ބޭނުންކުރަންވީ ވަގުތު: ފިރާޤު

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 09:25
0

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކެއް އަދިވެސް ބަންދުވެފައިވާ މިދަނޑިވަޅަކީ ރާއްޖޭގެ ޤައުމީ އެއާލައިން އިތުރަށް ފުޅާކޮށް ލިބިފައިވާ ފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރަންވީ ވަގުތު ކަމުގައި އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅިގެން ފިރާޤު ވިދާޅުވީ ޤައުމީ އެއާލައިނުން ދޭ ޚިދުމަތް މިހާރަށްވުރެވެސް ފުޅާކޮށް ރާއްޖެ އަންނަންބޭނުންވާ ހުރިފާ ފަތުރުވެރިންނަށް އެފުރުސަތު ފަހިކޮށްދޭން ޖެހޭ ކަމަށެވެ. މިއަދުވެސް ދުނިޔޭގެ ގިނަ ޤައުމުތަކެއް ބަންދުވެ ދަތުރު ކުރުމަށް ހުރަސްތަކެއް އޮތްއިރު، ރާއްޖެއަށް ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފޭނީ އެކަމަށް ކުރަންޖެހޭ މަސައްކަތްވެސް ކޮށްގެން ކަމަށް ފިރާޤު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަނުން އެންމެ ގިނައިން ރާއްޖެ އެތެރެވެފައި ވަނީ ރަޝިޔާގެ ފަތުރުވެރިންނެވެ. އޭގެ ފަހަތުން އިންޑިއާ އާއި އިނގިރޭސި ވިލާތުގެ ފަތުރުވެރިންނެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ޑިމާންޑް ބޮޑުވަމުންދާތީ، ރާއްޖެއަށް އެންމެ ގިނަ މީހުން އުފުލާ އެމިރޭޓްސް އެއަރލައިނުން މިހާރު ވަނީ ރާއްޖެއަށް ކުރާ ދަތުރު ދުވާލަކު 3 ދަތުރަށް އިތުރުކޮށްފައެވެ. މީގެއިތުރުން ދެވަނައަށް އެންމެ ގިނަ މީހުން ރާއްޖެއަށް އުފުލާ ގަތަރު އެއަރވޭސް އިން ވެސް މިހާރު ދުވާލަކު 2 ދަތުރު ކުރަމުންގެންދެއެވެ. އަދި މި މަހުގެ 17 އިންފެށިގެން ދުވާލަކު 3 ދަތުރު ގަތަރު އެއާވޭސް އިން ރާއްޖެއަށް އަޅާނެއެވެ.

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ އަދަދު އިތުރުވެފައި ވާއިރު ފަތުރުވެރިންނަށް ހިދުމަތްދޭ ގިނަ ފެސިލިޓީ ތަކެއް ވެސްމިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެގޮތުން ރިސޯޓްތަކާއި ގެސްޓްހައުސް ހޮޓެލް ތަކުގެ އިތުރުން ސަފާރީތައް ހިމެނޭގޮތަށް 407 ފެސިލިޓީއެއް މިހާރު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާތަނެއްގައި 36،750 ޓޫރިސްޓް އެނދުން ހިދުމަތް ދެވޭފެންވަރަށް މިހާރު އެތަންތަން ވަނީ ތައްޔާރުވެފައެވެ.

ޓޫރިޒަމް މިނިސްޓްރީން، މިއަހަރު 525000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެކަމަށް އަންދާޒާކުރާއިރު، އަންނަ އަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އަދި އަންނަ އަހަރުގެ ތެރޭގައި 10 މިލިއަނަށްވުރެ ބެޑް ނައިޓްސް އިތުރުވާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.