ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނު އުވާލަނީ

ވަޒީރުންނާއި ސުވާލު ކުރުމުގެ ގާނޫނު އުވާލަނީ

ގާނޫނު އަސާސީގައި އޮންނަ ގޮތުން ވަޒީރުންނާއި ސުވާލު ކުރެވޭގޮތް އޮންނަނީ ހައްގުތައް ހަނިވާ ގޮތަށް ކަމަށްބުނެ، ވަޒީރުންނާއި ސުވާލު ކުރެވޭ ގޮތައް އޮންނަ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ގާނޫނު އުވާލަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވި މިއީ 2008 ވަނަ އަހަރު ގާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އަމަލު ކުރަންފެށި ގާނޫނެއް ކަމަށްވާތީ މިގާނޫނު މިހާރު އުވާލަންޖެހޭ ކަމުގައެވެ. އޭގެ ސަބަބަކީ އެ ގާނޫނޫ އޮތީ ވަޒީރުންނާއި ސުވާލު ކުރެވެނީ ހައްގުތައް ހަނިވާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީ ވުޖޫދުވި ފަހުން ވަޒީރުންނާ ސުވާލު ކުރެވޭގޮތަށް އޮތް ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވޭ. އެހެންވީމަ ހަގީގަތުގައި މި ގާނޫނުގެ ބޭނުމެއް ނުހިފޭ.

ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުންވަނީ، ވަކި މައުޟޫއަކަށް އަދި ވަކި މުއްދަތެއްގެ ތެރޭގައި ވަޒީރުންނާއި ސުވާލުކޮށް ޖަވާބުދާރީ ކުރުވެގޮތަށް މަޖިލިސް ގަވާއިދު އިސްލާހު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *