ކޯރަމް ހަމަނުވުމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ކޮމިޓީ ކެންސަލް

ކޯރަމް ހަމަނުވުމުން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގެ ކޮމިޓީ ކެންސަލް

Author
އައިޝަތު އަޙްމަދު
23 ޑިސެމްބަރ 2023 11:16
0

ވަޒީރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބާއްވަން ތަޢާވަލުކުރި ސަރުކާރު މަސްޢޫލިއްޔަތު އަދާކުރަ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ. އެ ބައްދަލުވުން ބާއްވަން މިއަދު ތަޢާވަލުކުރީ ހެނދުނު 09:00އަށެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ތަޢާވަލުކުރީ ތިން މެންބަރަކު ސޮއިކޮށް ހުށައެޅުމުންކަމަށް ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހް ވިދާޅުވިއެވެ. އެއީ ޕީއެންސީގެމެންބަރު އިބްރާހީމް ނަސީމާއި، ޕީޕީއެމްގެ އަޙްމަދު ޠާރިޤާއި، މިނިވަން މެންބަރު ޢަބްދުﷲ ރިޔާޒެވެ. އޭގެތެރެއިންވެސް އެއް މެންބަރަކު ވަޑައިނުގަންނަވާކަމަށް ފަލާޙް ވިދާޅުވިއެވެ.

ކޮމިޓީ ފެށުމަށް 4 މެންބަރަކު އަދި ވޯޓު ނެގުމަށް 6 މެންބަރުން ތިއްބަވަން ޖެހޭކަމަށް ފަލާޙް ވިދާޅުވިއެވެ. ނަމަވެސް ކޮމިޓީއަށް މިއަދު ޙާޒިރުވީ 3 މެންބަރުންކަމަށް ފަލާޙް ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވާފައިވަނީ މިމަހުގެ 18 ގައެވެ.

ކުރިން ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ މިނިސްޓްރީތަކަށް ގެނައި މެންޑޭޓް ފާސްނުކޮށްކަމަށް ބުނެ، އަލުން ކޮމިޓީއަށް ތަޅުމުން މައްސަލަ ފޮނުވީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.