ދެ މީޑިއާ ބްލޮކު ކުރުމުގެ ހިންހަމަ ނުޖެހުމާއެކު، އާދަމް ޝަރީފަށް ރުހުން ނުދީފާނެ ކަމުގެ އިޝާރާތެއް!

ދެ މީޑިއާ ބްލޮކު ކުރުމުގެ ހިންހަމަ ނުޖެހުމާއެކު، އާދަމް ޝަރީފަށް ރުހުން ނުދީފާނެ ކަމުގެ އިޝާރާތެއް!

Author
ހުސެއިން
23 ޑިސެމްބަރ 2023 09:54
0

ސަރުކާރަށް ފާޑު ކިޔަމުން އައި ދެ ނޫހެއް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށް، ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާފައިވާ ކަަމަށްވެސް ވިދާޅުވެފައި ކަމަށްވިދާޅުވެ، ސިޓީތަކާއި އިދާރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިގުތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެެއެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ސަރުކާރުން ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބުލޮކް ކޮށްފައެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.

މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ސަރުކާރަށް ފާޑުކިޔުން އަމާޒު ކުރަމުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްލާއިލު ވިދާޅުވީ އާދަމް ޝަރީފް ދިފާއީ ވަޒީރު ކަމުގައި ހުއްނެވިއިރު މަޖިލީހުގެ ތާރީހުގައި އަލަށް ސިފައިން ވައްދާ މެމްބަރުންނަށް އަނިޔާ ކުރެއްވި ކަަމަށެވެ. އަދި މިހާރު ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) މެދުވެރިކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ނައްތާލުމަށް މަސައްކަތް ފައްޓަވާފައިވާ ކަަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމްވެސް ފުށިދިއްގަރަށް، ރުހުން ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެނޭ.

ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ރައިސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ މިދިޔަ ހަފްތާގައި އެޖެންޑާވެސް ކުރިއެވެ. އެހެންނަމަވެސް މިނިސްޓްރީތަކުގެ މެންޑޭޓް ކޮމިޓީން ފާސްކޮށްފައި ނުވާތީ މިހާރު ވަނީ ރުހުންދިނުމުގެ މައްސަލަ އަނބުރާ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފައެވެ. އެ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި އޮތީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

އާދަމް ޝަރީފަށް ރުހުންދޭން ނުފެންނަކަމަށް ފައްޔާޒު ވިދާޅުވެފައިވާއިރު، ސަރުކާރާ ދެކޮޅަށް ވާހަކަ ފަތުރާ ހަބަރާއި ލިޔުންތައް ގެނެސްދެމުންދާ ދެ ވެބްސައިޓް ކަމަށްވާ ދިޔަވަރު.ކޮމް އަދި ކުރުސީ.ކޮމް ބްލޮކު ކުރުމާއި ގުޅިގެން ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.