ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އަނިޔާކުރި 6 މީހެއްގެ މައްޗަށް ދަޢުވާކޮށްފި

ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އަނިޔާކުރި 6 މީހެއްގެ މައްޗަށް ދަޢުވާކޮށްފި

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 11:33
0

2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި " ބަލަހައްޓަމުންދާ ޢުމުރުން 02 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި 6 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވި މައްސަލައެއްކަމަށެވެ.

މި މައްސަލާގައި ކޮށްފައިވާ ދަޢުވާތަކުގެ ތަފްޞީލް:

މިމައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާ ފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ކުރައްވަމުންދާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެމައްސަލަތައް ނިމި، ޕީޖީ އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރާނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.