ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފިއެވެ.
އަސްލަމް އެ މަޤާމަށް އިންތިޚާބުކުރީ ޑިމޮކްރެޓްސްގެ ޢަލީ ޢާޒިމާ ވާދަކުރައްވައެވެ. މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމަށް މިރޭ ބޭއްވި ޖަލްސާއަށް އަސްލަމާއި ޢާޒިމްގެ ނަން ހުށައެޅި، މެންބަރުންގެ މދުގައި ވަނީ ސިއްރު ވޯޓެއް ނަގާފައެވެ. 77މެންބަރުން ބައިވެރިވި އެ ޖަލްސާގައި އަސްލަމަށް ލިބިވަޑައިގަތީ 53 ވޯޓެވެ. ޢާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
އަސްލަމަކީ މެދުކެނޑުމެއްނެތި 4 ދައުރު މަޖިލީހުގައި އަދާކުރެއްވި މެންބަރެކެވެ. 16 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މިހާތަނަށް މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މެދު ނުކެނޑި ޚިދުމަތްކުރައްވަމުން ގެންދަވައެވެ. އަސްލަމަކީ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ، 241 ކޮމިޓީގެ މުގައްރިރުވެސްމެއެވެ. އޭނާ ވަނީ އެހެން ކޮމިޓީތަކުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
އަސްލަމް މިހާތަނަށް ހުންނެވީ ޕީޖީ ލީޑަރުގެ މަޤާމުގައިވެސްމެއެވެ. ރައީސް ޞާލިޙް ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބު ވުމާއި ގުޅިގެން ޕާލިމަންޓްރީ ލީޑަރަކީ އަސްލަމެވެ. އަސްލަމަކީ ރައީސް ޞާލިޙްގެ ރަނިންމޭޓުވެސްމެއެވެ.
ކޮމެންޓު ފޮނުވާ