ވުލްވްސް އަތުންވެސް ޓޮޓެންހަމް ބަލިވެއްޖެ

ވުލްވްސް އަތުންވެސް ޓޮޓެންހަމް ބަލިވެއްޖެ

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވުލްވްސް އަތުން 2-1 އިން ބަލިވެ، ޓޮޓެންހަމް ހޮޓްސްޕާ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ.

ޓޮޓެންހަމުން މެޗަށް ނިކުތްއިރު އަނިޔާ އާއި ސަސްޕެންޝަނުގެ ސަބަބުން ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވެއެވެ. އެގޮތުން، މިވަގުތު އެ ޓީމުގެ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި؛ ޖޭމްސް މެޑިސަނ އާއި ރިޗާލިސަން އަދި މިކީ ވެން ޑެ ވެން ހިމެނެއެވެ. އަދި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު ކުޅުންތެރިންނަކީ އިޔެނޯމާ އުޑޯގީ އާއި ކްރިސްޓިއަން ރޮމޭރޯއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ގިނަވަގުތު ޓޮޓެންހަމުން ބޯޅަ ގެންގުޅެފައިވީނަމަވެސް، ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލައިފައިވަނީ ވުލްވްސް އިންނެވެ.

މި މެޗުގެ ތިންވަނަ މިނެޓުގައި ޓޮޓެންހަމުން ލީޑްނެގީ ބްރެނާން ޖޯންސަންއެވެ. މިއީ އެ ޓީމުގެ ފުލްބެކް ޕެޑްރޯ ޕޯރޯ ނެގި ހުރަހަކުން ޖޯންސަން ކާމިޔާބުކުރި ގޯލެކެވެ. މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް ވުލްވްސް އިން އެއްވަރުކުރި ލަނޑުޖެހީ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޕަބްލޯ ސަރާބިއާއެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ހަތްވަނަ މިނެޓުގައި ވުލްވްސް މޮޅުވި ލަނޑުޖަހައިދިނީ މާރިއޯ ލެމީނާއެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ސަރާބިއާއެވެ. އޭނާ ކުޅެން ނިކުތީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށެވެ.

ލީގުގެ އެއްވަނައިގައި އޮތް ސިޓީ އަށް 11 މެޗުން 27 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ދެވަނައިގައި އޮތީ 12 މެޗުން ލިބުނު 26 ޕޮއިންޓާއެކު އެވެ. ތިނެއްގައި ލިވަޕޫލް އޮތީ 11 މެޗުން ލިބުނު 24 ޕޮއިންޓާއެކު އެވެ. އާސެނަލަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް ކުރިލިބެނީ ޖެހި ގޯލްގެ ތަފާތުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ