1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ.ހާޖަރާގޭ ބާޣީ ލުތުފީ މިމަހު މުޅިން މިނިވަން ވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
ކަރެކްޝަނުން ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ހާދިސާއާއި ގުޅިގެން އޭނާގެ މައްޗަށް ކުރި ހުކުމް މިއަހަރުގެ އޭޕްރިލް މަހަށް ހަމަވެފައިވާ ކަމަށާއި ފިލި މައްސަލައިގައި ކުރި ހުކުމް މިމަހުގެ 27 ވަނަ ދުވަހަށް ހަމަވާނެ ކަަމަށެވެ. ފިލި މައްސަލައިގައި އޭނާގެ މައްޗަށް ކުރި ހުކުމް ހަމަވުމާއި އެކީ އޭނާ މިނިވަންވީއެވެ.
ލުޠުފީއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން އިރު އެންމެ އިސްކޮށް ހުރި މީހާއެވެ. މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫން ވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.
ނަމަވެސް އޭނާ ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލާފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް އޭނާ ދިޔައީ 2019 ވަނަ އަހަރު މެއި 01 ވަނަ ދުވަހު އެވެ.
ލުތުފީ ލަންކާގެ އެމްބަސީއަށް ދިއުމުން އޭނާ އަށް އެމްބަސީ އިން ހިމާޔަތްދީ، އެތަނުގެ އެޕާޓްމަންޓެއްގައި އޭނާ ބަހައްޓައި އެކަން ސަރުކާރުން ސިއްރު ކުރިއެވެ. ނަމަވެސް މީސް މީޑިއާއަށް އެވާހަކަތައް ތިލަވުމުން ސަރުކާރުން އެންމެފަހުން ވަނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރިކަމަށް އެއްބަސްވެފައެވެ.
ލުތުފީ މާލެ ގެނައީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މިހާރު ތަންފީޒު ކުރަމުން ދަނީ ނޮވެންބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކާ ގުޅިގެން އޭނާގެ މައްޗަށް ކުރި ޖަލު ހުކުމުގެ ބާކީ ބައެވެ. އަދި އޭނާގެ މައްޗަށް ވަނީ ފިލި މައްސަލައިގައި ވެސް ހުކުމް ކޮށްފައެވެ.
3 Responses
އެތައްބަޔަކުމެރިމީހަކު30ހަކައްއަހަހަރުންދޫވުމަކީހަދާފައިހުރިޤާނޫނުގެދެއުޅިއެއްނުވާކަންއެއީމުސްލިމުންގ
މިހާރު އޭނާގެ އުމުރު ހަމަވީތޯ؟
މިމީހާ ހަމަ މަރަންވީ ބޮލައް ބަޑި ޖަހައި.