ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު އިންޑިއާގެ ސަފީރު މުނޫ މަހާވަރުއާއި ބައްދަލު ކުރައްވައިފިއެވެ.
އިންޑިއާ ސަފީރާއި އިއްޔެ ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓުގައި ޝާހިދު ވިދާޅުވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރާއި މިއަދު ބައްދަލުކޮށް އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާފައި ވާކަމުގައެވެ.
އަދި އިންޑިޔާއިން ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރާ މަސައްކަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރި ކަމަސްވެސް ޝާހިދު ވިދާޅުވެފައި ވެއެވެ.
ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ރާއްޖެއިން ވަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވާފައެވެ. އަދި އިންޑިއާއިންވަނީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޮޑެތި ދޫކޮށްފައެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ނާކާމިޔާބު ވެވަޑައިގަތުމަށްފަހު، އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށާއި، އެހެންނަމަވެސް އިންޑިއާއަކީ ރާއްޖެއާއި ދެކޮޅު ގައުމަކަށް ވެގެން ނުދާނެކަމުގައެވެ.
މިމަހުގެ 19 ވަނަ ދުވަހު ޝާހިދުގެ ފޮރިން މިނިސްޓަރުކަމުގެ ދައުރު ހަމަވާނެއެވެ.
ކޮމެންޓު ފޮނުވާ