ހުއްޓާލަން އަންގަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަންކަން: އޭސީސީ

ހުއްޓާލަން އަންގަނީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިދާނެ ކަންކަން: އޭސީސީ

ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަސައްކަތްތައް ހުއްޓާލަން އަންގާފައިވަނީ، ތުހުމަތުތަކަށް ބަލާއިރު އެއީ އިއާދަ ނުކުރެވޭވަރުގެ ގެއްލުން ލިބިދާނެ ކަންތައްތައް ކަމަށް ކަމަށް އެ ކޮމިޝަނުން މިރޭ ބުނެފިއެވެ.

އޭސީސީން ނެރުނު ޔާނެއްގައި ބުނީ، މިދުވަސްވަރު ދައުލަތުގެ ބައެއް އިދާރާތަކުންނާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރިއަށްގެންދާ ބައެއް މަސައްކަތްތައް ހުއްޓުވަނީ އެކަންކަމާ ގުޅިގެން ހުށަހެޅޭ މައްސަލަތައް ކުރިއަށް ދާތީ ކަމަށެވެ.

އެފަދަކަންކަން ހުއްޓުވަނީ އެހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ ތުހުމަތުތަކަށް ބަލާއިރު، އެކަންކަން ނުހުއްޓުވައިފި ނަމަ އެކަންކަމުގެ ސަބަބުން ދައުލަތާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ލިބިދާނެކަމުގެ އިހުތިމާލު އޮންނާނެ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

މިފަދަ އެންގުންތަކަކީ ވަގުތީ އެންގުންތަކެއް ކަމަށާއި އެފަދަ އިދާރާތަކުން އާންމު ރައްޔިތުންނަށް ދެމުންގެންދާ އަސާސީ ހިދުމަތެއް ނުވަތަ އެތަނެއްގެ އިދާރީ ހިންގުން ފަދަ އެއްވެސް ކަމެއް ހުއްޓާލަން އަންގާފައިނުވާނެ ކަމަށާއި މިއީ ވަގުތީ އެންގުންތަކެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

ހުއްޓާލުމަށް އަންގާ މައްސަލަތައް ވީހާ ވެސް އަވަހަށް ނިންމުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން ވަނީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތުގެ ކޮމާޝަލް ޔުނިޓްތައް ދޫކުރުމާއި ހުޅުމާލޭގެ ބިންތައް ވިއްކުމާ ގުޅޭ މުއާމަލާތް ވެސް ހުއްޓުވައިފައެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ހިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ތާންގިތަކެއް ބަދަލުކުރުމުގެ މަސައްކަތާއި އާބަންކޯ އިން ފަރުކޮޅުފުށި ދިގު މުއްދަތަކަށް ކުއްޔަށް ދިނުން ވެސް ހުއްޓުވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *