ސައުދީ އަރަބިއްޔާގައި މަތީ ތައުލީމު ހާސިލްކުރުމަށް ދިވެހިރާއްޖެއަށް 300 އަށްވުރެ ގިނަ ފުރުސަތު ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހުޅުވައިފިއެވެ.
މިފުރުސަތުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީންވަނީ އިއުލާން ކޮށްފައެވެ.
ސަޢުދީ އަރަބިއާއިން ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލާފައިވާ ދާއިރާތަކަކީ ކޮމްޕިއުޓަރ ސައިންސް، އެގްރިކަލްޗަރ، އެޑިއުކޭޝަނަލް ސްޕެޝަލިޓީ، އިސްލާމިކް އަރަބި ލެންގްއޭޖް، ބިޒްނަސް މެނޭޖްމަންޓް، އިކޮނޮމީ، އިންޖިނިއަރިންގ، މީޑިއާ، ލޯ އެންޑް ޕޮލިޓިކްސްއެވެ.
މިސްކޮލަރޝިޕްތަކަށް ހޮވޭ ދަރިވަރުންނަށް ސައުދީ އަރަބިއްޔާގެ އެކި ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅަންވީގޮތާއި، އެޕްލިކޭޝަން ލިންކް، އަދި ކޯސްތަކާބެހޭ މަޢުލޫމާތު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައިވަނީ ޝާޢިއުކޮށްފައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ދާދިފަހުން ވަނީ ޖަޕާނު ސަރުކާރުން ދޭ، ޖަޕަނީޒް ގްރޭންޓް އެއިޑް، ޖޭ.ޑީ.އެސްއިން ރާއްޖެއަށް ދޭ މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލާފައެވެ.
މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑި އަކީ މި އަހަރުގެ ޑިސެމްބަރު 3 އެވެ. ޖަޕާން ސަރުކާރުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ގޮތަށް މީގެ ކުރިން 16 ދަރިވަރަކަށް ސްކޮލަޝިޕް ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ