މުއިއްޒާއި، ޒާތީގޮތުން ޖައްސާލުމުން ވޯޓު ދަނީ އިތުރުވަމުން: ޒައިދު

މުއިއްޒާއި، ޒާތީގޮތުން ޖައްސާލުމުން ވޯޓު ދަނީ އިތުރުވަމުން: ޒައިދު

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2023 09:11
0

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ޒާތީ ގޮތުން ޖައްސާލައި ކުރަމުންދާ ދޮގުތުހުމަތު ތަކާއި ގުޅިގެން އެމަނިކުފާނަށް އޮތް ތާއީދާއި ވޯޓު ދަނީ އިތުރުވަމުން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑރ. މުއިއްޒަށް އަމާޒުކޮށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ ދީދީއާއި، އެނޫން ބޭފުޅުންވެސް ވަނީ ޒާތީ ގޮތުން ވަރަށް ބޮދަށް ޖައްސާލައި އެކި ވާހަކަތައް ދައްކާފައެވެ. ނަމަވެސް އެއިން އެއްވެސް ވާހަތަކަކަށް މުއިއްޒު މާބޮޑަށް ރައްދު ދެއްވއި ނުހައްދަވައެވެ.

ޝައިޚު ޒައިދު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒަށް ރައްޔިތުން ކުރާ ތާއީދާއި އިތުރުބާރު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައިކަމަށެވެ. މިކަން މިހެންވުމުގެ އެންމެބޮޑު އަސްލަކީ ޒާތީ ގޮތުން މުއިއްޒަށް އަމާޒުކުރި ފާޑުކިޔުންތަކާއި ދެއްކި ވާހަކަތައް ކަމަށް ޒައިދު ވިދާޅުވިއެވެ.

ދުވަހެއް ދުވަހަކަށް ޑރ. މުއިއްޒުއަށް އޮތް ވޯޓު އިތުރުވާތަން ފެންނަމުން އެބަދޭ! މިއީ ވަރަށް އުފާކުރާ ކަމެއް! މިފެންނަނީ ޑރ. މުއިއްޒާއި ޒާތީ ގޮތުން ޖައްސާލުމުގެ ނަތީޖާ. ދިވެހި ޤައުމަށް ހަޔަލީ އެޑިއުކޭޓެޑް ކޮލިފައިޑް ބޭފުޅެއް ހުއްޓާ އެހެން ޗޮއިސްއެއް އިޚުތިޔާރެއް ނުކުރެވޭނެ.

– ޝައިޚު އަލީ ޒައިދު ވިދާޅުވިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގައި މާރިޔާ ވަނީ ޕްރެސްތަކުން އެއްފަރާތްކޮށްފައެވެ. އަދި މުއިއްޒަށް ޒާތީ ގޮތުން އަމާޒުވި ފާޑުކިޔުންތައް ކޮންމެެވެސް ވަރަކަށް މަޑު ޖެހުނު ނަމަވެސް އަދި ޕޯޑިޔަމްތަކުގައި އެކި ފާޑުކިޔުންތައް މުއިއްޒުއަށް އަމާޒުކުރެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މުއިއްޒަށް އޮތް ތާއީދު އިތުރުވަމުންދާއިރު އެމްޑީޕީގެ ގިނަ ބަޔަކު ދަނީ މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަރީފު
އެހެން މީހުންގެ ވާހަކަތައް އަޑު އަހާފަވެސް އަމިއްލަ ސިކުނޑިން ރަނގަޅުގޮތް އިޚްތިޔާރު ކުރެއްވީ ވަރަށް ބޮޑު ޙަޤީޤަތެއް އެނގިވަޑައިގަތުމުން. މީގެކުރިން ޒައިދު އިބޫ ވާހަކަ ދެއްކެވިއިރު ދިން ވަރު ކިޔަން ނޭންގުނީމަ ހީހީ ހަލާކުވޭ.
م محمد
ކަލޭ ކުރިންކީ އެތި ކެންސަލް ވީ ކިހާ ވަރެއްދީގެންބާ؟
އ އިއްބެ
ވޯޓުނުލަނީސްޒައިދަށްއެކަންއެނގެނީކޮންގޮތަކުންގައިވެސްވަޙީއެއްނާންނާނެ