އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއްކުރިނަމަވެސް އެކަން އެގޮތަށް ތަޤްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެކަމށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޟަކީ މިސަރުކާރުގެ ސިޔާސަތުތަކަށާއި، ރައީސް ޞާލިޙަށް ތާޢީދުކުރައްވާ ސޯޝަލް ޟީޑިއާގައި ވާހަކަފުޅު ދައްކަވަމުން ގެންދެވި ބޭފުޅެކެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބު އެއްބުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކުރައްވާނެކަމަށްވެސް އިޔާޟް ގެންދެވީ ވިދާޅުވަމުންނެވެ.
ނަމަވެސް އިންތިޚާބުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ ދެވަނައެވެ. %39 ވޯޓެވެ. އިދިކޮޅު ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ %46 ހޯއްދަވާފައެވެ. މިއާއެކު އެއްވެސް ބޭފުޅަކަށް %50 ވޯޓު ލިބިވަޑައިގެންފައި ނުވާތީ ދެވަނަ ބުރެއް ބާއްވަން ޖެހޭނެކަން ވަނީ ކަށަވަރުވެފައެވެ.
އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް އަޅުގަޑުމެން ކިތަންމެ އުއްމީދެއްކުރިނަމަވެސް އެކަން އެގޮތަށް ތަޤްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެ. ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ޙާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫން. ރަގަޅުކުރަންޖެހޭ ކަންކަން…
— Dr.Mohamed Iyaz (@dr_iyaz) September 10, 2023
އިއްޔެގެ އިންތިޚާބަށްފަހު މިއަދު ކުރެއްވި ޓްވީޓްގައި އިޔާޟް ވިދާޅުވީ، އެއްބުރުން އިންތިޚާބު ކާމިޔާބު ކުރުމަށް ކިތަންމެ އުއްމީދެއްކުރިނަމަވެސް އެކަން އެގޮތަށް ތަޤްދީރުގައި ލިޔުއްވާފައި ނެތްކަން އިއްޔެ ހާމަވެގެން ހިނގައްޖެކަމަށެވެ. ހިތްއެދޭ ގޮތަށް ކަންތައްތައް ނުވުމަކީ އެއްވެސް ޙާލެއްގައި މާޔޫސްވާންޖެހޭ ކަމެއްނޫންކަމަށާއި، ރަނގަޅުކުރަންޖެހޭ ކަންކަން ރަގަޅުކޮށް އާހިތްވަރަކާއި އެކު މަސައްކަތް އިތުރަށް ކުރަންވީކަމަށް އިޔާޟް ވިދާޅުވިއެވެ.
އިޔާޟް ވިދާޅުވީ ދެވަނަ ބުރު އިބްރާހީމް މުޙައްމަދު ޞާލިހް ކާމިޔާބުކުރައްވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ