ޖޭޕީގެ ކައުންސިލް މެމްބަރު ނިޒްމާ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

ޖޭޕީގެ ކައުންސިލް މެމްބަރު ނިޒްމާ މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2023 10:18
0

ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރު ފާތިމަތު ނިޒްމާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ނިޒްމާ ޕީޕީއެމްއަށް ސޮއިކޮށް ފޯމު ހަވާލު ކުރެއްވީ ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް އަދި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއާއިއެވެ. ސިޔާސީ ގޮތުން ހަރަކާތްތެރި މިޒުވާނާ ޕީޕީއެމްއާއި ގުޅުމުން އެޕާޓީން ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

ނިޒްމާ އަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލަށް އެންމެ ގިނަ ވޯޓާއިއެކު އިންތިޚާބުވި ކައުންސިލް މެމްބަރުވެސް މެއެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނައިރު ޑރ.މުއިއްޒަށް ތާއީދުކޮސް ގިނަ ބަޔަކު ދަނީ ޕީޕީއެމްއާއި ގުޅެމުންނެވެ. އިންތިޚާބުގައި އެންމެ ބޮޑު ތާއީދެއް އޮތް އެއްބޭފުޅަކީ މުއިއްޒު ކަމަށްވާއިރު މުއިއްޒުގެ ޢަމާޒަކީ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމެވެ.

ޕީޕީއެމްއާއި އަލަށް ގުޅޭ މީހުންގެ ތެރޭގައި އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ޖޭޕީއަށް ނިސްބަތްވާ ގިނަ ބޭފުޅުންވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.