މަޑުއްވަރީ އެމްޑީޕީގެ ކުރީގެ ކައުންސިލް ރައީސް މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

މަޑުއްވަރީ އެމްޑީޕީގެ ކުރީގެ ކައުންސިލް ރައީސް މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއަށް!

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 02:31
0

ރ.މަޑއުވަރީ އެމްޑީޕީގެ ކުރީގެ ކައުންސިލް ރައީސް އަހުމަދު އަޝްހަދު ޕީއެންސީީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅިއްޖެއެވެ.

ބޯވިއްސާރާގައި ކެމްޕޭނަށް މުއިއްޒުއާއި، ކެމްޕޭން ޓީމުން މަޑުއްވަރީއަށް ދިއުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މުއިއްޒު ވަނީ މޫސުން ގޯސް މިދަނޑިވަޅުގައިވެސް މަޑުއްވަރީން ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވާފައެވެ. މިއަދު މަޑުއްވަރީގައި ބޭއްވި ރަސްމިއްޔާތުގައި މުއިއްޒުއަށް ތާއީދުކޮށް ޕީޕީއެމްއާއި ގުޅުނު އަޝްހަދަކީ ނިމިދިޔަ ދައުރުގެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ކައުންސިލް ރައީސްކަން ކުރެއްވި ބޭފުޅާއެވެ.

އޭނާ އެޕާޓީން ވަކިވެ ޑރ.މުއިއްޒުއަށް ތާއީދު ކުރަން ނިންމުމުން ޑރ.މުއިއްޒު ވަނީ ހޫނު މަރުހަބައެއް ދަންނަވައި އިންތިޚާބު ކާމިޔާބު ކުރުމަށް ކުރާ މަސައްކަތުގައި އިތުރަށް މަސައްކަތް ކޮށްދެއްވުމަށް ދަންނަވާފައެވެ.

އަޝްހަދު ސޮއި ކުރުމަކީ މަޑުއްވަރީގައި މިއިންތިޚާބު ކާމިޔާބު ކުރުމަށް އެމްޑީޕީ ތެރެއިން މުއިއްޒުއަށް ތާއީދު އިތުރު ކުރުމަށް ލިބިގެންދިޔަ އިތުރު ބާރެއްކަމަށް މިހާރުގެ މަޑުއްވަރީ ކައުންސިގެ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ރައީސްކަން ކުރައްވާ ސޯދިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މި އިންތިޚާބު މަޑުއްވަރީން ކާމިޔާބުކޮށް އެއްބުރުން ޑރ.މުއިއްޒު އިންތިޚާބު ވެގެންދާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.