މަޑުއްވަރީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ޑރ. މުއިއްޒު

މަޑުއްވަރީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިދޭނަން: ޑރ. މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 02:18
0

ރ.މަޑުއްވަރީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެމައްސަލައަށް ދާއިމީ ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީީންކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ ކެމްޕޭންގައި މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މަޑުއްވަރީގެ ރައްޔިތުންގެ އުންމީދުތަކާއި އިހުސާސްތަކަށް މިސަރުކާރަށް ހައްލު ހޯދައި ނުދެވުނުކަމަށެވެ. މަޑުއްވަރީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށްވާއިރު އެމައްސަލައަށް ދާއިމީ ހައްލު ވެރިކަމާއި ހަވާލުވެ ހޯއްދަވާ ދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ މަޑުއްވަރީއަކީ ބިން ހިއްކުމަށްވެސް ބޮޑު ޖާގައެއް އޮތް ރަށަކަށް ނުވިނަމަވެސް، އީއައިއޭ ހެދުމަށްފަހު ޖާގަ ބޮޑުކުރެވެން އޮތް އެންމެ ބޮޑަކަށް ބިން ހިއްކައި ރަށުގެ ބޯހިޔާ ވަހިކަމަށް ހައްލު ހޯދާ ދެއްވާނެކަަމަށެވެ.

މަޑުއްވަރީއަށް ޑރ.މުއިއްޒުގެ ވަޢުދުތައް:
– ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައިދޭނަން
– ބޯހިޔާވަހިކަން ކަށަވަރު ކޮށްދޭނަން
– އުތުރު ފަރާތު ބަނދަރު ފެންވަރު ރަނގަޅު ބަނދަރަކަށް ހަދާދޭނަން
– ސިއްޚީ މައްސަލަތަކަށް ހައްލު ހޯދައިދޭނަން
– ކުނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭނަން

ކުރިއަށް އޮތް ދިހަ ދުވަހު މިހާރު ކުރަމުންދާ މަސައްކަތުގެ އިތުރަށް ހިތްވަރާއިއެކު އިތުރު މަސައްކަތްކޮށް އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމަށް މުއިއްޒުވަނީ ގޮވާލަފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.