ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވުމަށް ޑރ. މުހައްމަދު އިޔާޒް އަހްމަދު ހުރިހާ ދީނީ އިލްމުވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީއިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރުމަށް ނިންމާފައިވާ ނިންމުމާ ބެހޭ އެންމެހާ ތަފްޞީލު ހޯދުމަށް ޢިލްމުވެރިން ބޭނުންވާތީ އެޕާޓީއާ ބައްދަލު ކުރުމަށް އެދި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފޮޮނުވާފައިސާ ސިޓީއާއި ގުޅިގެންނެވެ.
މިސިޓީއާއި ގުޅިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައިވެސް ހިމެނި ވަޑައިގަންނަވާ ޑރ.އިޔާޒު ވިދާޅުވީ އަދާލަތު ޕާޓީން ރައީޒސް ޞާލިހަށް ތާއީދު ކުރަން ނިންމީ ވަރަށް ގިނަ ސަބަބުތަކާ ހުރެ ކަމަށެވެ. މޫނުބުރުގާ އަޅާ ޓީޗަރުންނަށް ލިބުނު ނަޞްރާއި ކާމިޔާބީ އާއި މެދު ދިރާސީ ނަޡަރަކުން ބަލައިފިނަމަވެސް ފުދޭ ކަމަށް އިޔާޒު ވިދާޅުވިއެވެ.
ތަޢައްޞުބްގެ ގޮތްގަނޑު ދޫކޮށްލާ ހުރިހާ ދީނީ ޢިލްމުވެރިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަށް ތާއީދުކުރެއްވުމަށް އިލްތިމާސްކުރަން.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވާއިރު، އެ ޕާޓީން ވަނީ ރައީސް ސޯލިހް ދެވަނަ ބުރަކަށް ހޮވުމަށްޓަކައި ތާއިދު ކުރައްވާކަން ހާމަ ކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ގެންދަނީ ރައީސް ޞާލިހު އިންތިޚާބު ކުރެއްވުމަށް ރައީސާއިއެކު ކެމްޕޭންގައި ހަރަކާތްތެރިވަމުންނެވެ.
އެމްޑީޕީ ކޯލިޝަންގެ އަމާޒަކީ މިއިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމެވެ.
ކޮމެންޓު ފޮނުވާ