ރައީސް ޞާލިހު ފެއިލްކޮށްލަން އެންމެބޮޑު ދައުރެއް އަދާކުރަނީ އެޑިއުކޭޝަން މިނިސްޓްރީން: ޑރ.އިޔާޒު

ރައީސް ޞާލިހު ފެއިލްކޮށްލަން އެންމެބޮޑު ދައުރެއް އަދާކުރަނީ އެޑިއުކޭޝަން މިނިސްޓްރީން: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2023 06:19
0

ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފެއިލްކޮށްލުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އެޑިއުކޭޝަން މިނިސްޓްރީން ކަމުގައި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

މިސަރުކާރުގެ ނިމިގެންދާ ފަސް އަހަރުގައިވެސް ޑރ.އިޔާޒު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އަރަބިއްޔާއާއިމެދު ޢަމަލު ކުރިގޮތާއި، މޫނު ބުރުގާގެ މައްސަލައާއި، އިސްލާމް ފޮތުގައި ގުރުއާން ނުބައިކޮށް ލިޔެފައި ހުރުމުގެ މައްސަލަތަކުގައި އާންމުންގެ ކަންބޮޑުވުން އޮތުމުން އިޔާޒު ވަނީ މީގެ ކުރިންވެސް މިކަންބޮޑުވުންތައް ފާޅު ކުރައްވާފައެވެ.

އެމްޑީޕީގެ އޮފީހާއި، އަދާލަތު ޕާޓީ އޮފީސް ޓެގް ކުރައްވާ ޑރ.އިޔާޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ރައީސް ޞާލިހު ފެއިލް ކޮށްލުމަށް ކުރަމުންދާ މަސައްކަތަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ފެއިލްކޮށްލުމަށް އެންމެ އިސްދައުރެއް އަދާކުރާ ބަޔަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަން. މިކަމާއި މެދު ސަމާލުވެލައްވާ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒު މިހެން ވިދާޅުވެފައިވާއިރު، ދެން ވެރިކަން ލިބިއްޖެނަމަ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔައިދޭން އެމްޑީޕީން ވަނީ ވައުދުވެފައެވެ. އެސިޔާސަތުގައި ބުނެފައި ވަނީ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޫލް ނިޒާމުގެ ތެރެއިން އު ފުރުސަތު ހޯދައިދިނުމަކީ ރިޔާސީ ވައުދެއް ކަމަށެވެ. އޭގެ އިތުރުން ކުދިންނާ ރަހްމަތްތެރިކޮށް އިސްލާމް މާއްދާގައި ކިޔަވައިދޭ ބައިތަކާއި، ކިޔަވައިދޭ ގޮތްތަކާއި، ކިޔަވައިދޭން ބޭނުންކުރާ އުކުޅުތައް މުރާޖާކޮށް، ޓީޗަރުންގެ ތަމްރީނުގައި މިބައިތައް ހިމަނަން ވެސް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ވައުދު ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަންނި
މިނިސްޓަރުގެ އެކަނި ތިކަން ނޭޅުވޭނެ ރީސްގެ ޒިއްމާޔެއް ކަންކަންރަނގަޅުކުރުންގޯސްކޮންކަންކުރާ މީހުން ވަނިކުރުމުގެ ބާރު ރައީސައްއެބައޮތޭ
ެ ެއަހްމަދް ރަސީދު
ވަރަށް ބޮޑު ތެދެއް
ސ ސަރުކާރު
މިނިސްޓަރަކާ ބެހޭވެސް ކަމެއް ނޫން. ރައީސް މިނެހަދަން ބޭނުންކުރާ ލައްސެއް ވީމަ މަޤާމުގަ ބަހައްޓާފަ ހުންނަނީ.