ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 61 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީންނ ބުނެފިއެވެ.
އެމްޓީސީސީން ބުނީ ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މަސައްކަތުގެ ތެރެއިން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށެވެ.
މި ޕްރޮޖެކްޓު ކުރިއަށްގެންދިއުމަށް އެރަށުގައި 10 ހެކްޓަރުގެ ސަރަޙައްދެއް ހިއްކައެވެ. މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބޮޑުބައެއް ހިއްކާ ނިމިފައިވާކަމަށެވެ. އަދި އާއްމު ބަނދަރުގެ ތޮށީގެ މަސައްކަތްތުގެވެސް ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ.
Gdh. Thinadhoo Industrial Zone Land Reclamation and Shore Protection Project is well underway with overall 61% project progress. We have completed installation of concrete blocks required for quay wall construction.
Scope of works include, reclamation operations of 10.6… pic.twitter.com/kz7opXQR2p
— MTCC Plc (@MTCCPlc) August 1, 2023
ތިނަދޫ ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ހަދާ ބަނދަރުގައި 90 މީޓަރުގެ ތޮއްޓެއް ލާނެއެވެ. މިސަރަޙައްދުގެ ފުންމިނުގައި 8.5 މީޓަރުގެ ހުންނާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިއާއެކު މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށްވެސް ފަސޭހައިން ބަނދަރާ ކައިރިކޮށް، މުދާ ބާލާ އެރުވޭނެއެވެ.
ތިނަދޫގައި މިހާރު ބޭނުންކުރަމުންދާ އާއްމު ބަނދަރަށް އިތުރުކުރަނީ 350 މީޓަތުގެ ތޮއްޓެކެވެ. އެ ބަނދަރުގެ ފުންމިނުގައި 3.5 މީޓަރު ހުންނާނެއެވެ.
ކޮމެންޓު ފޮނުވާ