ށ.ނަރުދޫ ކައުންސިލް މެޖޯރިޓީ އޮތް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ކައުންސިލް މެޖޯރިޓީ ގެއްލި، ހުރިހާ މެމްބަރުން ވެރިކަން ކުރާ މައި އެމްޑީޕީއާއި ގުޅިއްޖެއެވެ.
ނަރުދޫ ކައުންސިލްގެ ރައީސް، ނައިބު ރައީސް، 2 މެންބަރުން އަދި އ.ތ.މ ކޮމިޓީގެ ރައީސް ވަނީ މިއަދު އެމްޑީޕީއާއި ވަނީ ގުޅިވަޑައިގެންފައެވެ. މިބޭފުޅުންގެ ފޯމުތަކާއި ހަވާލުވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. ނަރުދޫ ކައުންސިލުގެ ކޮންޓްރޯލު މީގެ ކުރިން އޮތީ ޖުމްހޫރީ ޕާޓީގައެވެ. އެގޮތުން ޖޭޕީގެ ތިން މެންބަރަކު ކައުންސިލުގައި ތިއްބެވިއެވެ.
ނަރުދޫ ކައުންސިލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދާއި ނައިބު ރައީސް އަލީ ޝަރީފާއި ކައުންސިލް މެމްބަރު ސާމާ މުހައްމަދާއި މުހައްމަދު މަދީހެވެ. މި ރަށު ކައުންސިލުގައި މީގެ ކުރިން ހުންނެވީ އެމްޑީޕީގެ އެންމެ މެމްބަރެކެވެ. އެއީ އައިޝަތު މާޒާއެވެ. އެހެންކަމުން މިއަދު އެމްޑީޕީއާ ގުޅިވަޑައިގަތް ހަތަރު ކައުންސިލަރުންނާއެކު މި ރަށު ކައުންސިލުގެ ފުރިހަމަ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބުނީއެވެ.
ނަރުދޫ ކައުންސިލް ރައީސް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ނަރުދޫއަށް ލިބުނު ތަރައްޤީއަކީ މިއިން ޒަމާނަކުވެސް ލިބިފައި ނުވާ ވަރުގެތަރައްޤީއެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ