ޕީޕީއެމްގެ "މަޑިސީލަ ޓީމު"ގެ މިސްރާބު ގާސިމް އިބުރާހިމްއާއި ދިމާލަށް!

ޕީޕީއެމްގެ "މަޑިސީލަ ޓީމު"ގެ މިސްރާބު ގާސިމް އިބުރާހިމްއާއި ދިމާލަށް!

Author
ހުސެއިން
24 ޖުލައި 2023 01:29
0

އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތި ލުމަށް ހުޅުވާލުމަށްފަހު 2 ދުވަސް ފާއިތުވެ، އިދިކޮޅު ޕީޕީއެމްއިން އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ރައީސް ޔާމިންގެ އެޕްލިކޭޝަން ފޯމު ލާފައި ނުވާއިރު، ރައީސް ޔާމިންއަށް އެންމެ ވަފާތެރިކަމަށް ބެލެވޭ އިސް ބައެއް ފަރާތްތަކުން ގާސިމްއަށް ތާއީދުކުރާކަން ހާމަކޮށް ޓުވީޓު ކުރަން ފަށައިފިއެވެ.

މިގޮތުން، ޕީޕީއެމްގެ "މަޑިސީލަ ޓީމު"ގެ ގޮތުގައި މަޝްހޫރު ވެފައިވާ، އެ ޓީމުގެ އިސްބޭފުޅެއް ކަމުގައިވާ، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ، ރައީސް ސާލިހު ނޫން އެހެންގޮތެއް ހޯދުމުގެ ގޮތުން ގާސިމް އިބުރާހިމަށް ތާއިދުކުރަން ތައްޔާރަށް ހުންނެވިކަމަށް ކަމަށް މޭރުންކޮށް ޓުވީޓު ކޮށްފައެވެ.

ނަރީޝް ކޮށްފައިވާ ޓުވީޓިގައި ވަނީ ގާސިމްއާއި ރައީސް ސާލިހު ސަލާމް ކުރައްވައިގެން ހުންނެވި ފޮޓޯއެއް ޓުވީޓު ކޮށްފައެވެ. އަދި އެ ފޮޓޯގެ އެއް އަރިމަތީގައި ގާސިމް އިބުރާހިމްގެ ކެމްޕޭން ޝިއާރުކަމަށްވާ "ހާސްކަނޑާލާ! ހަމަޖެހޭނެ!" މި ޝިއާރުވެސް ލިޔެފައި ވެއެވެ.

ރައީސް ޔާމިނަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ހާލަތުގައި، މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ގާސިމް އިބުރާހިމަށް ތާއިދު އޮތްކަމަށް މޭރުންކޮށް ޓުވީޓު ކޮށްފައިވާއިރު، ބެލެވޭ ގޮތުގައި ޕީޕީއެމްގެ "މަޑިސީލަ ޓީމު"އަށް ނިސްބަތްވާ ނަރީޝްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު އައިފާންއާއި، ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ޝުއާއުގެ އިތުރުން ޕީޕީއެމްގެ އިސް އެކްޓިވިސްޓް ސްޕައިކުގެ ތާއީދުވެސް ގާސިމް އިބުރާހިމްއަށް ކަށަވަރު ކުރެވިގެން ދާނެއެވެ.

ޕީޕީއެމްގެ "މަޑިސީލަ ޓީމު"ގައި ހިމެނޭ ފަރާތްތަކަކީ ރައީސް ޔާމިނަށް އިޚްލާސްތެރި އަދި ރައީސް ޔާމިންގެ އަނބިކަބަލުން މެޑަމް ފާތުންއާއިވެސް ގާތް ގުޅުމެއް އޮންނަ ފަރާތްތަކެއްކަން ފާހަަގ ކޮށްލެވެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނަށް ވާދަ ނުކުރެއްވޭނަމަ، ދެން އެޕާޓީގެ އިސް ގިނަ ބޭފުޅުންގެ ތާއީދު އޮންނާނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމަށްކަމަށް ދަނީ ބެލެވެމުންނެވެ. އަދި ޕީޕީއެމްގެ އިސް ފަރާތްތަކުން ދަނީ އެކަން ބައެއް ފަރާތްތަކާއި ހިއްސާވެސް ކުރަމުންނެވެ.

ގާނޫނީ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި، ހައިކޯޓުގައި ކުރިޔަށްދިޔަ ރައީސް ޔާމިންގެ ޝަރީއަތް ނިމުމަކަށް ނައުމާއި، ރައީސް ޔާމިނަށް ކުރިމަތިވެފައިވާ ގާނޫނީ މައްސަލަތައް ހައްލުވެ ކުރިޔަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދެން ރައީސް ޔާމިނަށް ފަހިވެގެން ދިއުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަޙްމަދު އައިފާން
ބުހުތާނު ދޮގު ހަބަރެއް!!! ސަރުކާރުން ސްޕޮންސަރ ނަގައިގެން ހިންގާ ނޫސްތަކުން މިކަހަލަ ފިތުނަވެރި ދޮގު ހަބަރު ފެތުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫން! އަޅުގަނޑުގެ ތާއީދާ ސަޕޯރޓް އަދި ވޯޓުވެސް ލިބޭނީ ހަމައެކަނި ރައީސް ޔާމީންއަށް! އަޅުގަނޑުގެ އާއިލާ އަދި ހެޔޮއެދޭ އެންމެހާ މީހުންގެ ވޯޓްވެސް ލިބޭނީ ރައީސް ޔާމީންއަށް! ސާފުވެއްޖެ ތޯ؟
އ އަލިހޮއްކޮ
ތިޔަ މަޑިސީލަ ޓީމަކީ ފައިސާއަށް ވިކޭ ޓީމެކެވެ. ޕީޕީއެމްގައި ވެސް ތިބީ މެޑަމް އަތުން ލިބޭތީއެވެ. މިހާރު ތިޔަ ދީލާލަނީވެސް ފެންގަޑާއި ދިމާލަށެވެ.