ފިލްމީ ތަރި ފަރީލާއާއި، ގިނަ ބަޔަކު އެމްޑީޕީއާއި ގުޅިއްޖެ

ފިލްމީ ތަރި ފަރީލާއާއި، ގިނަ ބަޔަކު އެމްޑީޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
23 ޖުލައި 2023 10:04
0

ރާއްޖޭގެ ފިލްމީ ތަރި ފާތިމަތު ފަރީލާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ސޮއިކޮށްފިއެވެ.

ފަރީލާ އެމްޑީޕީއަށް ސޮއިކޮށް ފޯމް ހަވާލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެވެ. ގިނަ ބަޔަކު އެމްޑީޕީއާއި ގުޅުނު މިހަފްތާލައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަންނާނުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބައެއް މީހުން ހިމެނެއެވެ.

ސޮއިކުރި މީހުންގެ ތެރޭގައި ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ގިނަ ޕާތީތަކެއްގައި މަސައްކަތްކުރި ގުބާދު އަބޫބަކުރުވެސް ވަނީ އެމްޑީޕީއާއި ގުޅިފައެވެ.

އެމްޑީއޭ އަދި އަދާލަތު ޕާޓީއާއެކު މިހާތަނަށް މިވަރަށް މެންބަރުން ގިނަ ކޯލިޝަނެއް ރާއްޖޭގެ ތާރީހުގައި ފެނިފައި ނުވާ ކަމަށާއި، އަމާޒަކީ ރިޔާސީ އިންތިހާބުގައި ވޯޓުލާއިރުގައި އެއް ލައްކަ ވޯޓުން ފެށުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.