މޫސުން ގޯސްވުމުގެ ސަބަބުން މާލެ-ވިލިމާލެ ފެރީގެ ދަތުރުތައް ތާވަލު ކުރެވިފައިވާ ގަޑިތަކާއި ދިމާނުވެދާނެ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެގޮތުން މިކަމާއި ގުޅިގެން އެކުންފުނިން ކޮށްފައިވާ ޓްވީޓުގައި ބުނެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެމްޓީސީސީއިން ފޯރުކޮށްދެމުން ގެންދާ މާލެ ވިލިމާލެ ފެރީގެ ދަތުރުތައް ކުރިއަށް ގެންދިޔުމުގައި ހީނަރުކަމެއް ދިމާވެފައިވާ ކަމަށެވެ.
އެހެންކަމުން މި ދަތުރުތައް ތާވަލު ކުރެވިފައިވާ ގަޑިތަކާއި ދިމާނުވެދާނެކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ މިރޭ 21:00 އިން 03:00 އަށް ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް ހުދު ސަމާޅު ނެރެފައެވެ.
އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ކޮމެންޓު ފޮނުވާ