ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަނީ

Author
އަޒްފާ ރަޝީދު
02 ޖުލައި 2023 11:08
0

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

ދައުރުން ބޭރުން ޖައްސާއެއް ބާއްވަން ނިންމާފައި ވަނީ މަޖިލީހަށް މިހާރު ހުށަހަޅާފައި ހުރި މަސައްކަތްތައް ނިމެންދެން ދައުރު ދައިމަންލަން މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހުށަހެޅި ނަމަވެސް އެކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވާފައި ވަނިކޮށެވެ.

އެމްޑީޕީން އެގޮތަށް ހުށަހެޅީ އެންމެ ފަހުން ބޭއްވި ޖަލްސާގައި މިދިޔަ މަހުގެ 22 ގައެވެ. ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ހުށަހަޅާތާ ދެ ހަފުތާގެ ތެރޭގައި ޖަލްސާ ބާއްވަން މަޖިލީހުގެ ގަވާއިދުން ލާޒިމްކުރެއެވެ. އެގޮތުން އެމްޑީޕީން ހުށަހެޅި ހެށުމަށް އަންނަ ބުރާސްފައްޗަށް 14 ދުވަސް ހަމަވާނެއެވެ.

އެހެންވެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނެ ތާރީހެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މަޖިލީހުން ބުނެފައިވެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ރައީސް ނަޝީދާއި ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމާއި މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އެކުލަވައިލުން ފަދަ ކަންކަން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.