އެންމެ ގިނައިން މޫނުވަތަށް ނަރަކައަށް ވައްޓާލެވެނީ ދުލަށް ރައްކާތެރި ނުވުމުގެ ސަބަބުން: ޑރ.އިޔާޒު

އެންމެ ގިނައިން މޫނުވަތަށް ނަރަކައަށް ވައްޓާލެވެނީ ދުލަށް ރައްކާތެރި ނުވުމުގެ ސަބަބުން: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
30 ޖޫން 2023 04:17
0

އެންމެ ގިނައިން މޫނުވަތަށް ނަރަކައަށް ވައްޓާލެވެނީ ދުލަށް ރައްކާތެރި ނުވުމުގެ ސަބަބުން ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޝައިޚު މިހެން ވިދާޅުވީ ޣީބަނުމާއި، ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި ގެއްލުންތަކަށް މަގުފައިވާ ކަންތައްތަކާ ދުރުހެލިވުމަށް އެންމެހާ މުސްލިމުންނަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައި ޚުތުބާގައި އަލި އަޅުވާލި ވާހަތަކަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓުގައެވެ. އަދި ޝައިޚު އަލީ ޒައިދު ޚުތުބާގެ ފުރިހަމަކާއި ގުޅޭގޮތުން ކުރެއްވި ޓުވީޓަށް ޝައިޚު ޑރ.އިޔާޒު ވަނީ ތާއީދު ކުރައްވާފައެވެ.

ޝައިޚު ޒައިދު ވިދާޅުވީ މީސްތަކުންނާއިމެދު ދޮގު ޚަބަރު ފަތުރައި އަދި ޚުދު ދީނީ ޢިލްމުވެރިންނާއި ގުޅޭގޮތުން ފަތުރަމުންދާ ޚަބަރުތަކުގެ ދޮގު ތެދު ބަލާނުލައި ވާހަކަ ދެއްކުމަކީ ކިހާ ނުބައިކަމެއްކަން މިއަދުގެ ޚުތުބާއިން ސާފުވާނެކަމަށެވެ

މިއަދުގެ ޚުތުބާ ވ ފުރިހަމަ! ދޮގާފިތުނަ އުފެއްދުމުން ދުރުހެލިވާންޖެހޭ! ޢަދާލަތަށް ނިސްބަތްވާ ބައެއް ޝައިޚުންނޭ ކިޔައިގެން ސިޔާސީ ފިތުނަވެރިކަމުގައި ބައެއްމީހުން ހާދަގިނަ ދޮގަކާފިތުނައޭ އުފައްދައޭ! އަޅުގަނޑުމެންނޭ ކިޔައިގެން އެއްވެސް އަސްލެއްނެތް ކިތައްވާހަކަތޯ ދައްކަނީ! ވިސްނަވާ!

– ޝައިޚު ޒައިދު ވިދާޅުވިއެވެ.

ޒައިދުގެ ވާހަކަތަކަށް ތާއީދު ކުރައްވައި ޝައިޚު އިޔާޒު ވިދާޅުވީ ދުލަށް ރައްކާތެރި ނުވެވޭ މީހުންނަށް އާޚިރަތުގައިއޮތް މަޤާމަކީ ކޮބައިކަން ގުރުއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވާކަމަށެވެ.

މީސްތަކުން އެންމެ ގިނައިން މޫނުވަތަށް ނަރަކައަށް ވައްޓާލެވެނީ ދުލަށް ރައްކާތެރި ނުވުމުގެ ސަބަބުން.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ، ޣީބަ ބުނުމަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެއްކަމަށާއި، އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުންފަދަ ކަމެއްކަމަށެވެ. އަދި ޣީބަ ބުނުމާއި ނެތިމޮށުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ތިމާގެ ނަފުސަށް ތާއީދު ހޯދުމާއި، އަނެކާއާމެދު ތިމާގެ ހިތުގައި އޮންނަ ޙަސަދައާއި ނަފުރަތުގެ ސަބަބުން މީސްތަކުންގެ ކުރިމަތީގައި އޭނާގެ އަގުވައްޓާލަން ބޭނުންވުން ހިމެނޭކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ކަށްވަޅުގައި ޢަޛާބު ލިބޭ ޢަމަލުތަކުގެ ތެރޭގައި ޣީބަ ބުނުން ހިމެނޭކަން ފާހަގަކުރައްވާ، ނެތިމޮށުމުންނާއި ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާއި ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ގޮވާލައްވާފައެވެ. އަދި ދެބައޮޑުވަމުން، ދޭތެރެ ޖައްސަމުން ހިނގުމާއި، މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް، ޤިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ލިބޭނެކަމަށާއި، މުސްލިމުންގެ ޣީބަ ބުނެ، ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ ޢަޛާބުދެއްވާނެކަން ހަނދާކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މަކަރުވެރި
އަމިއްލަމާއްދިއްޔަތައްޓަކައިި ބޭނުންހާގޮތަކައްް ދީންފަތުރާބަޔަކުު ކޮންމެފަދަަ ވާހަކައެއްވެސްް ދައްކަފާނެެ ތިމީހުންް ދެންރަގަޅުވާނީީ ދޭތެރެޖެއްސުމާއިި އޮޅުވާލާއިސްބަޔެއްގެެ ދައުރުގަަ އުމުރުހޭދަކޮއްލިއްޔާާ ދުވަހަކުު އަޑުވެސްނާހާފާޑަކައްް ދީންދަނެގެންް އުޅޭބައެއްް ކަލޭމެނައްް މިގައުމުގެެ ވެރިންް ބާރާނުފޫޒުންް އެހިންގާާ ޖަރީމާތަކާާ ދީނައްފުރައްސާރަކޮއްް ހަޖޫޖަހާާ ﷲގެެ ކަލާންފުޅައްް އިހާނެތިކޮއްހިތާމީހުންް ސަރުކާރުންް ރައްކާކޮއްް ފޮރުވައިއެމީހުންނައްް އިނާޔަތާާ ބޮޑަތިި މުސާރަޔާާ ދައުލަތުގެެ އެންމެމަތީފެންވަރުގަަ ހިދުމަތްތައްް ދޭއިރުު އެއިންއެއްވެސްކަމަކާއެއްވެސްް އެއްޗެކޭވެސްބުނެނުލާާ އެމީހުންގެެ ޑިފެސްއައްް ފައިބައިގެންް ދީންއޮޔާދާންދޫއްލާބަޔަކައްް ކޮންވާހަކައެއްތަަ ދެއްކޭނީީ
ސ ސަމީރު
އެބައިގަހިމެނޭނެކަލޭވެސް
މ މަނިކު
ތިޔައީ ބޮޑުވެގެންވާ ދެމައްކާރުން! ގައުމް ދެކެ ލޯތްބެއްނެތް ދީން ވިއްކައިގެން އުޅޭ ދެޖާހިލުން.