ނ.މާފަރުން ގޮތް ނޭގޭ ޖަނަވާރެއް ކަހަލަ ދިރޭ އެއްޗެއް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. މިހާރު ސޯޘަލް މީޑިއާގައި އާންމު ވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މާފަރުގައި ހަރަކާތްތެރި ވަމުންދާދަން ފެންނަނީ މިނިކާވަގެއް ވަރުގެ ޖަނަވާރެކެވެ. އެހެންނަމަވެސް ވީޑިއޯއިން ފެންނަ ޖަނަވާރު ފެންނަން ހުންނަނީ ވަރަށް ދުރުން ކަމަށް ވުމާއެކު އެއީ ސީދާ ކޮންކަހަލަ ޖަނަވާރެއްކަން ސާފު ވެފައެއް ނުވެއެވެ.
Maafarun Fenun Goiy Neyge Janavaareh Ge Video. Council in Vidhaalhuvee, Fenunu Janavaaraky Bulhalakah Vure Bodu Janavaareh Kamah pic.twitter.com/OrOKdQJ5Tc
— Hussain shareef (@Jerrikow) June 26, 2023
އެމްއެންޑީއެފުން ބުނެފައިވަނީ، ނ. މާފަރުގައި ދިރޭ ޖަނަވާރެއް އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، އެ މުވައްސަސާގެ ނޮދަން އޭރިއާގެ ސިފައިންނާއި އަދި އޭގެ އިތުރުން ނ. މާފަރު އެއަރޕޯޓުގެ މުވައްޒަފުން އެކަން ބަލަމުން ދާކަމުގައެވެ.
ކޮމެންޓު ފޮނުވާ