އަދާލަތު ޕާޓީގެ އިމްވެރިންގެ މަޖިލިހުގެ މެމްބަރު، އަދި ދީނީ އިލްމުވެރިޔާ ޑރ. އިޔާޒުއާއި މަގުމަތިން ދިމާކޮށް އޭނާއަށް "ކާފަރަށް" ގޮވައިފިއެވެ.
އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓުން އިޔާޒްއާއި މަގުމަތިދިން ދިމާކޮށް، އޭނާއަށް "ކާފަރަށް" ގޮވާފައިވަނ ސައިކަލުން ދުއްވާފައި ދަނިކޮށް އިދިކޮޅުން ކުރަމުންދިޔަ މުޒާހިރާއެއްގެ ތެރެއަށް އޭނާއަށް ވަދެވުމުންނެވެ.
މަޖީދީ މަގުގައި ކުރަމުންދިޔަ މުޒާހިރާގެ ތެރެއަށް އޭނާއަށް ވަދެވުމާއެކު މުޒާހިރާގެ ބައިވެރިންނަވަނި އޭނާއަކީ "ބޮޑު ކާފަރެއް" ކަމަށް ގޮވަމުން އޭނާ ފަހަތުން ދުވެ ދިމާކޮށް ހަދާފައެވެ. އިޔާޒުގެ ފަހަތުން ދުވެ ހަދާފައިވަނީ މުޒާހިރާގައި ބައިވެރިވަމުން ދިޔަ އަންހެން އެކްޓިވިސްޓުންނެވެ.
ނިމެނީ ނިމެނީ @dr_iyaz ބިރުން ފިލާފި 🤣🤣🤣🤣🤣 pic.twitter.com/6yDtq522Bh
— Abdulla Xifan Zahid (@xdiffyx) June 14, 2023
ރައީސް ޔާމިން މިނިވަންކުރުމަށް އަޑު އުފުލަމުންދިޔަ މުޒާހިރާގެ ބައިވެރިން ޑރ. އިޔާޒުއާއި ދިމާކޮށް "ކާފަރަށް" ގޮވާފައިވާއިރު، އޭނާއަކީ ރައީސް ސާލިހަށް ތާއީދުކޮށް، ޔާމިނަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.
އަދި އޭނާ ފާހަގަ ކޮށްލެވެނީ، ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ސަރުކާރާ ޚިޔާލު ތަފާތު ސިޔާސީ ފަރާތްތަކުން އެންމެބޮޑަށް ފާޑުކިޔާ އެއް ދީނީ އިމްވެރިއެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ