ދީނީ ދަރުސްތަކާއި، ދީނީ އެކި މައުލޫމާތުތައް ދިނުމުގައި ދައްކާ ވާހަތައް ކަނޑައެޅުމުގެ ހައްގު އިލެކްޝަނަސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ.އިޔާޒު މިހެން ވިދާޅުވީ ދީނީ ނަސޭހަތް ދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން މަސައްކަތް ކުރުން މަނާވާ ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވީ ރާއްޖޭގައި ދީނީ އިލްމުފެތުރުމާއި، މައުލޫމާތު ދިނުމާއި، ދަރުސްތަކުގައި ދައްކަންޖެހޭ ވާހަތައް ކަނޑައެޅުމުގެ ހައްގު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށެވެ.
ދީނީ ދަރުސްތަކުގައި ދައްކަންވީ ވާހަކަ އާއި ނުދައްކަންވީ ވާހަކަ ކަނޑައެޅުމުގެ ޙައްޤު އިލެކްޝަންސް ކޮމިޝަނަށް އަށް ލިބިގެން ނުވޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ދީނީ ނަސޭހަތް ދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތުގެ ތެރެއިން ކެންޑިޑޭޓަކަށް ތާއީދު ހޯދަން ނުވަތަ ތާއީދު ކުޑަކުރަން މަސައްކަތް ކުރުން މަނާވާ ގޮތަށް އިލެކްޝަނުން ގަވައިދު އެކުލަވާލުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އިލެކްޝަނަށް ދަނީ ކުރިމަތިވަމުންނެވެ. ދީނީ އިލްމުވެރިންނަކީ ކޮންމެ ރިޔާސީ އިންތިޚާބެއްގައިވެސް ރައްޔިތުންނަށް މުހިންމު މައުލޫމާތުތަކެއް ހިއްސާ ކުރައްވާފައިވާ ބައެކެވެ.
ގަވާއިދު މިހާރު އޮތް ގޮތުން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތްކުރާ މީހުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް ކަނޑައަޅާފައި އޮތް އިރު، ކެންޑިޑޭޓުންނާއި އެމީހުންނަށް ތާއީދު ހޯދާ މީހުން ކުރުން މަނާ ގިނަ ކަންތައްތަކެއް ބަޔާންކޮށްފައި ވެ އެވެ. ސުލޫކީ މިންގަނޑުތައް އޮތީ އެ ގަވައިދުގެ 24 ވަނަ މާއްދާގެ ހ. ގައެވެ.
ދީނީ އެކިއެކި މުނާސަބަތުގައްޔާއި ދީނީ ދަރުސްތަކުގައްޔާއި ހުތުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ. އީސީން ގެޒެޓްކުރި ގަވައިދުގެ 24 ވަނަ މާއްދާގެ ބުނެފައިވެއެވެ.
ހަމަ އެ މާއްދާގެ ހ. ގެ ހަތަރު ވަނަ ނަމްބަރުގައި ބުނެފައި އޮތީ "ސްކޫލްތަކާއ، މަދަރުސާތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނުން ދޭ ފިލާވަޅުތައް މެދުވެރިކޮށް ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްގެންނުވާނެ" ކަމަށެވެ.
ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅުން ވެސް އެ ގަވާއިދުގައި ވަރަށް ތަފްސީލު ގޮތެއްގައި މަނާކޮށްފައިވެއެވެ. ކެންޑިޑޭޓުންނަށް ތާއީދު ހޯދަން ބަހައްޓާ ޕޯސްޓަރާއި އެނޫން ވެސް ތަކެތި ނެއްޓުވުމާއި ހަލާކުކުރުން އެގޮތުން މަނާކޮށްފައިވެއެވެ. އެއް ކެންޑިޑޭޓަކު ނުވަތަ އޭނާއަށް ތާއީދުކުރާ ބަޔަކު ބާއްވާ ބައްދަލުވުމަކާ ދިމާކޮށް، އެއްތަނެއްގައި ހަމަ އެއް ވަގުތެއްގައި އެހެން ކެންޑިޑޭޭޓެއްގެ ބައްދަލުުވުމެއް ބޭއްވުން ވެސް އެ ގަވައިދުގައި އޮތީ މަނާކޮށްފައެެވެ.
ކޮމެންޓު ފޮނުވާ