ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެ

Author
މުޙައްމަދު ޝަޒައިމް
25 މެއި 2023 02:16
0

ގދ.ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ތިނަދޫ ބަނދަރުގައި އޮތް ބޯޓެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ހަރަކާތްތެރިވެފައި ވާކަމަށެވެ. އަދި މިހާރު އެހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލިވިފައިވާކަމަށް ވަނީ ބުނެފައެވެ.

މި ޙާދިސާގެ ރިޕޯޓް އެއިދާރާއަށް ލިބުނީ މިއަދު 11:30 ހާއިރުއެވެ. މި އަލިފާނުގެ ހާދިސާގައި ބޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، ހާދިސާގައި ބޯޓަށް ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއްވެސް އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.