މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޑްރަގްޝިޕްމަންޓް އިންޑިއާގެ އެންސީބީން އަތުލައިގެންފި

މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޑްރަގްޝިޕްމަންޓް އިންޑިއާގެ އެންސީބީން އަތުލައިގެންފި

Author
ހުސެއިން
14 މެއި 2023 03:13
0

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިހާތަނަށް އަތުލައިގަތް އެންމެ ބޮޑު ޑްރަގް ޝިޕްމަންޓް އެގައުމުގެ ކޮޗިންގެ ބޭރުން އަރަބިއަން ކަނޑުން އަތުލައިގެންފިއެވެ.

އިންޑިއާގެ އެންސީބީން އަތުލައިގެންފައިވަނީ 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ޑްރަގެވެ. މިއީ ދިވެހި ރުފިޔާއިން އަގުނމ ކުރާނަމަ 23 ބިލިއަން ރުފިޔާގެ އަގުހުރި ޑްރަގެވެ.

އިންޑިއަން ނޭވީއާއި އެންސީބީން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ބުރަދަނުގައި 2.5 ޓަން ހުރެއެވެ.

މި ޝިޕްމަންޓު ދަތުރު ކުރަމުން ދިޔައީ އިރާގުން އޮސްޓްރޭލިއާއަށެވެ. އިންޑިއާގެ އައްސޭރިފަށުންމި މިޝިޕްމަންޓު ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު އިންޑިއާގެ ނޭވީއަށާއި އެންސީބީއަށް ލިބިފައިވަނީ މީގެ 15 ދުވަސް ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.