ޕާކިސްތާންގެނކުރީގެ ބޮޑުވަޒީރު އިމްރާންޚާން ހައްޔަރު ކޮށްފިއެވެ.
އިމްރާން ޚާން ހައްޔަރު ކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުގައި ކޯޓަށް ހާޒިރުވެ ހުންނަވަނިކޮށެވެ.
އޭނާ ހައްޔަރު ކޮށްފައިވަނީ ޕާކިސްތާންގެ ނޭޝަނަލް އެކައުންޓިބިލިޓީ ބިއުރޯގެ އޭޖެންޓުންނެވެ.
އިމްރާން ޚާން ޕާކިސްތާންގެ ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް، އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގާ އޭނާ މަގާމުން ދުރުކުރުމަށްފަހު ޕާކިސްތާންގެ މިހާރުގެ ސަރުކާރުން ގެންދަނީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރަމުންނެވެ.
އިމްރާންޚާން ހައްޔަރު ކުރުމަށްފަހު، ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ކުރެއްވު ޓުވީޓެއްގައިވަނީ، އިމްރާންޚާންއަށް މީގެ 3 މަސްކުރިން ކުރިން ދިން ބަޑީގެ ހަމަލާގެ ދޮގު އިލްޒާމް އެގައުމުގެ އަސްކަރިއްޔާގެ މައްޗަށް އިމްރާންޚާން ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާންގެ މިހާރުގެ ސަރުކާރުން އިމްރާންޚާން ހައްޔަރު ކުރުމާއެކު، އޭނާގެ ސަޕޯޓަރުންވަނީ ޕާކިސްތާންގެ އެކި ސަރަހައްދުތަކުގައި މުޒާހިރާކުރަން ފަށާފައެވެ.
މިގޮތުން އިމްރާންޚާންގެ ސަޕޯޓަރުންވަނީ ޕާކިސްތާންގެ ބޮޑެތި ހުރިހާ ސިޓީތަކެއްގައި ކަހަލަ ގޮތަކަށް މުޒާހިރާ ކުރަން ފަށާފައެވެ. އޭގެ ތެރޭގައި ޕާކިސްތާންގެ ޕްރިވިންޝަލް ކެޕިޓަލްތައް ކަމުގައިވާ ކަރާޗީ، ލާހޫރު އަދި ޕެޝާވަރުވެސް ހިމެނެއެވެ.
މިގޮތުން، ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން، ޕާކިސްތާންގެ ކަރާޗީގައި މުޒާހިރާކުރާ ފަރާތްތަކާއި ދެކޮޅަށް ފުލުހުން ކަރުނަގޭސް ބޭނުންކުރާ މަންޒަރު ވަނީ ފެނިފައެވެ.
މިއަދު ކޯޓަށް ހާޒިރު ކުރުމުގެ ކުރިން ރެކޯޑް ކޮށްފައިވާ ވީޑިއޯ މެސެޖެއްގައި އިމްރާންޚާން ވިދާޅުވެފައިވަނީ ޕާކިސްތާނު ސަރުކާރުގެ އޮފިޝަލުން އެރެސްޓް ވޮރެންޓަކާއިގެން އަތުވެއްޖެނަމަ އޭނާ ޖަލަށް ވަޑައިގަންނަވަން ހުންނެވީ ތައްޔާރަށް ކަމުގައެވެ.
އިމްރާންޚާންގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ އޭނާ ހައްޔަރު ކުރުމުގެ ކުރިން، ޕާކިސްތާގެ ފުލުހުން އިމްރާންޚާންގެ ބޮލަށް ހަމަލާދީ އޭނާ ގައިގައި ކޮޅުފައިން ތަޅާފައި ވާކަމުގައެވެ.
ކޮމެންޓު ފޮނުވާ