ދައުލަތަށް އަނބުރާ ދައްކަން ޖެހޭ ފައިސާއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވަނީ ހެލްތު މިނިސްޓްރީން: އޭސީސީ

ދައުލަތަށް އަނބުރާ ދައްކަން ޖެހޭ ފައިސާއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވަނީ ހެލްތު މިނިސްޓްރީން: އޭސީސީ

Author
އަޒްފާ ރަޝީދު
26 އޭޕްރިލް 2023 08:18
0

ދައުލަތަށް އަނބުރާ ދައްކަން ޖެހޭ ފައިސާއިން މިހާތަނަށް އެއްވެސް ފައިސާއެއް ދައްކާފައިނުވަނީ ހެލްތު މިނިސްޓްރީންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީއިން ބުނެފިއެވެ.

އޭސީސީން މިއަދު އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުގެ ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބެންޖެހޭ 35،387،768.51 ހޯދުމަށް މިދިޔަ އަހަރު އޭސީސީން ވަނީ ދައުލަތުގެ އެކި އިދާރާތަކުގައި އެދިފަ އެވެ. ނަމަވެސް މީގެތެރެއިން އަނބުރާ ހޯދިފައިވަނީ 248،657.70ރ. ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޭސީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހެލްތް މިނިސްޓްރީއިން 31 މިލިއަން ރުފިޔާ ދައުލަތަށް ދައްކަންޖެހެ އެވެ. ނަމަވެސް ހެލްތް މިނިސްޓްރީން އޭގެއިން އެއްވެސް ފައިސާއެއް ދައްކާފައި ނުވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭސީސީން ވަނީ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމަށް އަންގާފައިވާ އިދާރާތައްވެސް ހާމަކޮށްފަ އެވެ.

އޭސީސީގެ ރިޕޯޓުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައި ކޮމިޝަނުގައި ޖުމްލަ 486 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން ކޮމިޝަނުން 434 މައްސަލައެއް ބަލައި ނިންމި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.