އުދަނގޫ މޮޅަކާއިއެކު ލިވަޕޫލް ވެސް ގަދަ ހަތަރެއްގެ އުންމީދުގައި

އުދަނގޫ މޮޅަކާއިއެކު ލިވަޕޫލް ވެސް ގަދަ ހަތަރެއްގެ އުންމީދުގައި

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-2ންނެވެ. ލަނޑެއް ނުޖެހި ނިމުނު ފުރަތަމަ ހާފަށްފަހު، ފަސް ލަނޑުވެސް ފެނުނީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައި ލިވަޕޫލަށް ކުރިހޯދައިދިނީ ޖޮޓާއެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ވިލިއަމްސް ލަނޑެއް ޖަހައި ނޮޓިންގހަމް ފޮރެސްޓަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އޭގެ ތިން މިނިޓްފަހުން ލިވަޕޫލަށް ދެވަނަ ފަހަރަށް ކުރިހޯދައިދިނީވެސް ޖޮޓާއެވެ. ނޮޓިންގހަމް ފޮރެސްޓުން ދެވަނަ ފަހަރަށް އެއްވަރުކުރީ ގިބްސް ވައިޓް ޖެހި ލަނޑުންނެވެ.

ނޮޓިންގހަމް ފޮރެސްޓުން ޖެހި ދެ ގޯލްވެސް އެލިސަން ބެކާ ބެލެހެއްޓި ގޯލަށް ވަނީ، ޑިފެންޑަރެއް ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ބަދަލުވެގެންނެވެ. ލިވަޕޫލް މެޗު ކާމިޔާބުކުރީ 70 ވަނަ މިނިޓްގައި ސަލާހު ޖެހި ލަނޑުންނެވެ. އެލަނޑު ބަލައިގަތުމަށް ނިންމީ، ވީއޭއާރުން އޮފްސައިޑްތޯ ބެލުމަށްފަހުއެވެ. މިއީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ސަލާހުގެ 16 ވަނަ ގޯލެވެ.

ފޮރެސްޓް އަތުން ހޯދި މޮޅާ އެކު، ލިވަޕޫލް ލީގުގެ ހަތް ވަނައިގައި އޮތީ ހަތަރެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ. ހަތަރެއްގައި އޮތް ނިއުކާސަލަށް ވަނީ 30 މެޗުން 56 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލް ހަތެއްގައި އޮތީ 31 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިރޭ ނިއުކާސަލް ކުޅޭ މެޗުގައި ކުޅޭނީ ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްއާއެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުލަމް އިން ވަނީ 2-1 އިން ލީޑްސް ބަލިކޮށްފައެެވެ. ބްރެންޓްފޯޑާއި އެސްޓަން ވިލާ 1-1 އިން އެއްވަރުވިއިރު، ކްރިސްޓަލް ޕެލަސް އާއި އެވަޓަން އެއްވަރުވީ ލަނޑެއް ނުޖެހި 0-0 އިންނެވެ. ލެސްޓާ ސިޓީން ވަނީ 2-1 އިން ވުލްވްސް ބަލިކޮށް، ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ