ގައުމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެން، އަމާންކަމުގެ ނިޢުމަތަކީ އެންމެ ބޮޑު ނިއުމަތް: އީދު ޚުޡުބާ

ގައުމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެން، އަމާންކަމުގެ ނިޢުމަތަކީ އެންމެ ބޮޑު ނިއުމަތް: އީދު ޚުޡުބާ

ގުޅުންހުރި

ވަޠަނުގެ އަމާންކަމުގެ ނިއުމަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަޔަކަށް ދެއްވާނެ އެންމެ ބޮޑު ނިއުމަތް ކަމަށާއި، ގައުމު ތަރައްގީ ކުރެވޭނީ އަމާންކަން ލިބިގެން ކަމުގައި މިއަދުގެ އީދު ނަމާދުގެ ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

މިއަހަރު ރަމަޟާން މަހަށްފަހު މުސްލިމުން ފާހަގަ ކުރަމުންދާ ފިޠުރު އީދުގެ އީދު ނަމާދުގެ ޚުޡުބާގައި ވިދާޅުވި ގޮތުގައި މިއަމާންކަން ހޯދޭނީ ގައުމުގެ ހުރިހާ ދަރިން މި އަމާންކަން ޙިމާޔަތް ކުރުމަށް ގަދައަޅާ މަސައްކަތް ކޮށްގެން ކަމުގައެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި އީދު ދުވަހަކީ އިންސާނިއްޔަތުކަން ފާޅުކުރަން ޖެހޭ ދުވަހެއް ކަމަށާއި، މިއަދު ދޭދޭ ފަރުދުންގެ މެދުގައި އެއްވެސް ހަކަލަ އަރާރުމެއް، ދެކޮޅުވެރިކަމެެއް އޮތްނަމަ، އެކަން ނައްތާލަން ޖެހޭނެ ކަމަށެވެ.

އިސްލާމް ދީން ގޮވާލަނީ އަހަރެމެންނަކީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ ބަޔަކު ކަމުގައި ވުމަށެވެ. އަނިޔާވެރި އާއި އޭނާގެ ފަރާތުން އަނިޔާ ލިބިފައިވާ މީހަކާ ދެމެދު ލޯތްބެއް ނޯންނާނެއެވެ. ހަގީގީ ލޯބި އޮންނާނި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރި ވެގެންނެވެ. ބާރުގަދަ މީހާ ނިކަމެތި މީހާގެ އަތުގައި ހިފައިގެންނެވެ. އެކަކު އަނެކަކުގެ ބޭނުންތައް ފުއްދައިގެންނެވެ.

އީދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި އީދު ދުވަސްފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، މިއަދުގެ ބަރަކާތްތެރި ޖަމާއަތަށް އެންމެހާ މުސްލިމުން ހާޒިރު ކުރުވީ މާތްވެގެންވާ އިސްލާމް ދީން ކަމެވެ. އެހެންކަމުން ހުރިހާ މުސްލިމުންވެސް ދީނާއި އަޤީދާއަށް ރައްކާތެރިވާން ޖެހޭނެ ކަމުގައިވެސް ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ކުރިޔަށް އޮތް ޖީލުތަކަށް މި މަތިވެރި އަޤީދާ ފޯރުކޮށްދީ، ޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް މިއަދު އަޒުމް ކަނޑައަޅަން ޖެހޭނެއެވެ. މި ލޮބުވެތި ތަޠަން ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމެހެއްޓޭނީ އަހަރެމެންގެ ދަރީންނަށް އިސްލާމީ ތަރިބިއްޔަތާއި ތަޢުލީމު ފޯރުކޮށްދީގެންނެވެ.

މިއަދުގެ އީދު ޚުޡުބާގައި ވިދާޅުވެއެވެ.

މިއަދުގެ ޚުޡުބާގައި ވަނީ ރުޅިވެރިކަމާއި ހަސަދައިން ހިތް ސާފުކޮށް، ބައިބައިނުވެ އެންމެހާ މުސްލިމުން އެއްގަލަކަށް އެރުމަށްގޮވާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ