ބަތަލާ / ޑައިރެކްޓަރު އައިޝަތު ރިޝްމީ ރަމީރު ޑައިރެކްޓް ކޮށް އަދި މުހިންމު ރޯލެއްވެސް ކުޅެފައިވާ ވެބް ސީރީޒް "ޔާރާ" މި މަހުގެ 24 ގައި ޕްރީމިއާކުރަން ނިންމައިފި އެވެ
މި ވެބް ސީރީޒް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަމުން އަންނަތާ މިހާރު ދުވަސް ކޮޅެއް ވެފައި ވާއިރުގައި މި ގެ ތަރިން ނާއި އެކުގައި މިހާރު ވަނީ ޓީޒާއެއް ވެސް ދުކޮށްލައިފައިއެވެ.
މި ވެބްސީރިޒް މިމަހުގެ 24 ގައި ޕްރިމިއާ ކުރާ އިރުގައި މިހާރު މީގެ ޝޫޓިންގް އެއްކޮން ހެން ނިމިފައިވާ ކަމަށް ހަބަރުލިބެއެވެ. މީ ވަރަށް ބޮޑު ކާސްޓެއް ފެނިގެންދާނެ ވެބް ސީރީޒްއެކެވެ.
"ޔާރާ" ގެ ކާސްޓްގައި ރިޝްމީގެ ކޮއްކޮ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ އާއި އައްޒަ އާއި އޭނާގެ ފިރިމީހާ އަބްދުﷲ މުއާޒް (މުއާ) ހިމެނެއެވެ. އަދި މީގެ ިއިތުރުން އައްޒަގެ ކުރީގެ ފިރިމީހާ އިސްމާއީލް ޖުމައިހް (ޖުމާ) ވެސް މި ބެވް ސީރީޒް ގެ މުހިންމު ރޯލަކުން ފެނިގެން ދާނެއެވެ. އަަދި އެމީހުންގެ މަންމަ އައިޝަތު ރަޝީދާގެ އިތުރުން ރިޝްމީ ގެ ކުރީ ގެ ފިރިމީހާ އަހުމަދު އަޒްމީލް (އަޒޭ) އާއި އެކުގައިބޮޑު ކާސްޓެއް ހިމެނެ އެވެ.
ރިޝްމީ ޑައިރެކްޓް ކޮށްފައިވާ "ޔާރާ" އަކީ ބައިސްކޯފުން ގެނެސްދިން މަގުބޫލު ސީރީޒް "އެހެނަސް" ގެ ސްކްރީން ރައިޓަރު އަހުމަދު އިގްބާލް (އައިކިއު) ގެ ސްކްރީންޕްލޭއަކަށް ހަދައިފައިވާ އެއްޗެކެވެ.