ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އާރް މާދްވަން އަނެއްކާ ވެސް ބައޯޕިކަކަށް ތައްޔާރުވާން ފަށައިފިއެވެ. މިދިޔަ އަހަރުގެ ބައޮގްރަފިކަލް ޑްރާމާ "ރޮކެޓްރީ: ދަ ނަމްކީ އިފެކްޓް" އިން ފެނިގެން ދިއަ އެކތަރުގެ މި ފަހަރުގެ ފިލްމް އަކީ ގޯޕަލްސްވާމީ ދޮރައިސްވާމީ ނައިޑޫ (ޖީޑީ ނައިޑޫ) ގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ކާމިޔާބު އެތަށް ފިލްމް ތަކަކުން ފެނިގެން ގޮސްފައިވާ ހުނަރުވެރި އެކްޓަރު ގެ މި ފިލްމް އަކީ "ޖީޑީ ނައިޑޫ" އެވެ. ގްލޯބަލް އެންޓަޓައިންމަންޓް ލިމިޓެޑްގެ ބެނާ ގެ ދަށުންގެނެސް ދިނުމަށް ހަމަޖެހިފައިވާ މި ފިލްމް ގެ ޕޯސްޓަރެއްވެސް މިހާރު ވަނީ އާންމު ކޮށްފައިއެވެ.
ލީޑު ރޯލުން މާދްވާން ފެނިގެންދާނެ ކަން އިއުލާން ކުރި ނަމަވެސް ފިލްމް އާއި ގުޅޭ މާގިނަ ތަފްސީލެއް އަދި މިހާތަނަސް ހާމަ ކޮށްފައިއެއް ނުވެއެވެ. އަދި މީގެ އިތުރު ކާސްޓްއެއް ވެސް އަދި ޑައިރެކްޓަރަކީ ކާކު ކަމެއްވެސް ހާމަ އެއް ނުކުރެއެވެ.
ދޮރައިސްވާމީ ނައިޑޫ އިންޖިނިއަރިން ދާއިރާ އިން އިންޑިއާ އަށް އެތައް އީޖާދުތަކަކާއި ކުރިއެރުމެއް ހޯދައިދިން ހުނަރުވެރި، މުޅި އިންޑިއާ ފަހުރުވެރި ވާނެ ފަދަ އުފެންދުން ތެރިއެކެވެ.
Mediaone Global Entertainment Limited signed with GD Naidu charities to make a Biopic on the life and achievements of Miracle man #GDNaidu with@ActorMadhavan as the lead.@ActorMadhavan@Mediaone_M1@ActressGheetha@vijaymoolan@ProSrivenkatesh pic.twitter.com/hkbUYVrgcs
— Mediaone Global Entertainment Limited (@Mediaone_M1) April 6, 2023
52 އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް އަކީ 2009 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްްމް "3 އިޑިއަޓްސް" އެވެ. މި ފިލްމް އިން މާދްވަން އާއި އެކުގައި ފެނިގެން ދިއައީ ޝަރުމަން ޖޯޝީ އާއި އާމިރު ހާން އަދި ކަރީނާ ކަޕޫރެވެ.
ކޮމެންޓު ފޮނުވާ