ސަފާރީ ރޭޕް ކޭސް: ހެކި ނެތް ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލައިފި

ސަފާރީ ރޭޕް ކޭސް: ހެކި ނެތް ކަމަށް ބުނެ ކޯޓުން މައްސަލަ ބޭރުކޮށްލައިފި

ގުޅުންހުރި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ތެރޭގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލާގައި އުފުލި ދައުވާތައް ކުރިއަށް ގެންދެވޭނެ މިންވަރަށް ހެކި ނެތް ކަމަށް ނިންމައި، އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބޭރުކޮށްލައިފިއެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ފަތިހުއެވެ. މި މައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ނަމަވެސް އެ ދެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތުމުން ކޯޓަށް ހާޒިރުނުކޮށް ވަނީ ދޫކޮށްލައިފައެވެ.

އެ މައްސަލާގައި ދައުވާކޮށްފައި ވަނީ އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ލ. ގަން، ތުނޑި، ނޫރާންގެ، ޝާންގެ މައްޗަށެވެ. އެއީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މުހައްމަދުގެ ފިރިކަލުންނެވެ.

އެ މައްސަލަ ހުޅުމާލޭ ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭ އެކަށީގެންވާ ހެކި ނެތް ކަމަށް ނިންމުމަށްފަހު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ. ހުޅުމާލޭ ކޯޓުން އެ މައްސަލަ ބެއްލެވީ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދެވެ.

ޝާންގެ އިތުރުން އިތުރު ދެ މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފުލުހުން ފޮނުވި އެވެ. އެކަމަކު ހެކި ނެތުމުން ކަމަށް ބުނެ އެ ދެ މީހުންގެ މައްޗަށް ދައުވާއެއް ނުކުރެއެވެ. އެ ތުހުމަތުގައި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ދޫކޮށްލުމުން ފާޑުކިޔުންތަކެއް ފުލުހުންނަށް އަމާޒުވިއެވެ.

2021 ވަނަ އަހަރު ދައުވާ އުފުލި އެމައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓުން ކޯޓުން ބޭރުކޮށްލިއިރު މިނިސްޓަރ މަހްލޫފްގެ މައްސަލަ އަނބުރާ ގެނައީ ކްރިމިނަލް ކޯޓުގައި އޮއްވައެވެ. މަހްލޫފްގެ މައްސަލަ އަނބުރާ ގެންނަން ދައުލަތުން ދެއްކި އުޒުރަކީ މައްސަލަ ސާބިތު ކުރެވޭނެ ވަރަށް ހެކި ނެތުމެވެ. ނަމަވެސް މީގެ ކުރިން ދައުލަތުން ވަނީ އެމައްސަލަ ސާބިތުކުރަން ހެކި އެބަހުރި ކަމަށް ބުނެ ހައިކޯޓުގައި ވެސް ވަކާލާތު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ