ސިފައިންނާއެކު ރޯދަވީއްލުމެއްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

ސިފައިންނާއެކު ރޯދަވީއްލުމެއްގައި ރައީސް ބައިވެރިވެ ވަޑައިގަންނަވައިފި

Author
މުޙައްމަދު ޝަޒައިމް
09 އޭޕްރިލް 2023 10:36
0

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ސިފައިންނާއެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މިއަދު ކަޅުތުއްކަލާކޮށީ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ރޯދަ ވީއްލުމަށް، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފުގެ އިތުރުން ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ބައިވެރިވެވަޑައިގެންނެވި މި ރޯދަ ވީއްލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދާއި ސިފައިންގެ ސީނިއަރ އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ކޮމާންޑް ސާޖަންޓް މޭޖަރުންނާއި ވޮރަންޓް އޮފިސަރުން އަދި އެންލިސްޓެޑް ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ ރަމަޟާން މަހެއްގައި ވެސް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިފައިންނާއެކު ރޯދަވީއްލުމުގައި ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.