އިއްޔެ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ޒުވާނަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ އައިޝަތު ނަޒުރާ ނަމަކަށް ކިޔާ ޒުވާނެއްކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 10 ޖަހާ ކަންހާއިރު ބާރު ސްޕީޑުގައި މާލޭގެ އަމީނީ މަގުން ދަރުމަވަނަންތަ ހޮސްޕިޓަލާއި ދިމާލަށް ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލެއް ކޮންޓްރޯނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓެއް ވަނީ ވެފައެވެ.
އެކްސިޑެންޓް ހިނގިއިރު ފަހަތުގައި އިން 24 އަހަރުގެ އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ