ފޭދޫ ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

ފޭދޫ ގެއެއްގެ ބައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
02 އޭޕްރިލް 2023 08:59
0

އައްޑޫ ސިޓީ ފޭދޫ ގެއެއްގައި އަލިފާން ރޯވެ އެގޭގެ އެއްބައި ބޭނުން ނުކުރެވޭ ވަރަށް އަދައި ހުލިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައި ވަނީ އައްޑޫ ސިޓީ ފޭދޫ އަލިވިދާގޭގެ ބައެއްގައެވެ. އަލިފާން ރޯވިއިރު އެގޭގައި އެއްވެސް މީހަކު ނެތް ކަމަށް މައުލޫމާތު ލިބެއެވެ. އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ.

އައްޑޫ ފޭދޫ މީހަކު ބުނީ ރޯވީ އެ ރަށުގެ ގެއެއްގައި ވަކިން ހަދާފައި ހުރި އެޕާޓްމަންޓެއްގައި ކަމަށެވެ. ފުލުހުންނާއި ސިފައިން އަދި އާންމުން ކުރި މަސައްކަތުން އަލިފާންގަނޑު މިހާރު ނިއްވާލާފައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ފުލުހުން ބުނީ މިރޭ 7:30 ހާއިރު އެ ހާދިސާގެ ރިޕޯޓް ލިބުނު ކަމަށާއި މިހާރު އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.