ލޮލަށް އަޅާ 4 ބޭހަކަށް ސަމާލުވާން އެދިއްޖެ

ލޮލަށް އަޅާ 4 ބޭހަކަށް ސަމާލުވާން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2023 12:29
0

އެމެރިކާގެ ކުންފުނިތަކުން އުފައްދާ ލޮލަށް އަޅާ ހަތަރު ބޭހަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދިއްޖެއެވެ.

އެމް.އެފް.ޑީ.އޭއިން ސަމާލުވުމަށް އެންގި ބޭސްތަކުގެ ތެރޭގައި އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ކިޔާ ބޭހެއް ހިމެނެއެވެ. މި ބޭސްތައް ޔުނައިޓެޑް ސްޓޭޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފް.ޑީ.އޭ)އިން ވެސް ވަނީ އެލާރޓްކޮށް ރީކޯލް ކޮށްފައެވެ.

އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ވަނީ ލޮލަށް އެޅުމަށް ބޭނުންކުރާ މި ބޭސްތަކަކީ އިމްޕޯރޓް ކުރުމާއި، ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމުގައެވެ. އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން މި ބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމް.އެފް.ޑީ.އޭ އިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޙާއްސަ ސަމާލުކަމެއް ދީގެން ޕޯރޓްތަކުގައި ބަލާ ފާސްކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.