ޓީވީއެމްގެ ކުރީގެ ޕްރެޒެންޓަރު އިސްމާއިލް އާޒިމް ގެއްލިގެން ހޯދަން އޭނާގެ އާއިލާއިން ފުލުހުންނަށް ހުށަހަޅާފައިވަނިކޮށް، އޭނާ ނުގެއްލޭކަމަށް އާޒިމް ބުނެފިއެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އޭނާގެ ހަބަރެއް އެންމެ ފަހުން އާއިލާއަށް ވެފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މީގެ ދެ ދުވަސް ކުރިން އިންސްޓަގްރަމްގައި އޭނާގެ އެކައުންޓުން ވަނީ ޕޯސްޓެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް އޭނަގެ ފޯނު އޮންނަނީ ނިއްވާލާފައިކަމަށެވެ.
ނޫސްތަކުގައި އާޒިމް ގެއްލިގެން ހޯދަމުންދާ ކަމުގެ ޚަބަރު ނޫސްތަކުގައި އާންމު ކުރުމާއި ގުޅިގެން އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ރޭ ބުނެފައިވަނީ އޭނާ ނުގެއްލޭކަމަށާއި، ލޯތަކަށް ފިލައިގެން އުޅޭކަމަށެވެ.
އާޒިމް އަކީ ޕީއެސްއެމް އާއި ރާއްޖެ ޓީވީގެ އިތުރުން ދިވެހި ޗެނަލްގައި ވެސް މަސައްކަތް ކޮށްފައިވާ ޕްރެޒެންޓަރެކެވެ. މީހަކު ގެއްލިގެން ފުލުހަށް ހުށަހަޅެމުން އެ މައްސަލަ ބަލާނެ އުސޫލުތަކެއް ހުރެ އެވެ. އާންމުންނަށް އެ މައުލޫމާތު ހާމަ ކުރަނީ ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު އެވެ.
ވީނުވީއެއް ނޭނގި މީހުން ގެއްލޭ މައްސަލަތައް މިފަހުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. ފުލުހުން އެންމެފަހުން ބުނެފައިވާ ގޮތުގައި، މިގޮތަށް އެންމެ ގިނައިން ގެއްލެނީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ.