ޔޫއޭއީ އިން ދޭ ހާއްސަ "އިފްތާރު ޕެކޭޖް" އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
ޔޫ.އޭ.އީގެ ސަރުކާރުން ދިވެހިރާއްޖޭގެ ފަޤީރުންނަށް ހަދިޔާކުރެއްވި އިފްތާރު ޕެކޭޖާއި ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރެވެ. ޔޫ.އޭ.އީއިން މި އެހީ ދީފައިވަނީ އެމިރޭޓްސް ރެޓް ކްރެސެންޓް މެދުވެރިކޮށެވެ.
އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ، މި އިފްތާރު ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށްކަމަށެވެ. އަދި މި ޕެކޭޖުތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށް ހަމަޖެހިފައިވާކަމަށެވެ.
މި ޕެކޭޖްތައް ބެހުމަށް ހަމަޖެހިފައިވަނީ މާލޭގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް. ޕެކޭޖް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތެއް މިނިސްޓްރީން ކަނޑައެޅުމަށްވަނީ ހަމަޖެހިފައި. pic.twitter.com/EBnt3f9wgQ
— Ministry of Islamic Affairs (@MVIaffairs) March 28, 2023
ޔޫއޭއީއިން، ރާއްޖެއަށް 100 އިފްތާރް ޕެކޭޖް ހަދިޔާކޮށްފައިވާއިރު، ސައުދީ ރަސްގެފާނު ސަލްމާން ޢަބްދުލްއަޒީޒް އަލް ސައުދު ވެސް ވަނީ 200 އިފްތާރް ޕެކޭޖް ރާއްޖޭގެ ފަޤީރުންނަށްޓަކައި ހަދިޔާކޮށްފައިއެވެ.