ރޯދަ މަހަކީ އާންމުކޮން ތަފާތު ބާވަތްތަކުގެ ކެއުންތައް ތައްޔާރު ކުރާ މަހެކެވެ. ތަފާތު އެއްޗެއް ގެ އަޖުމަ ބަލައިލުމަށް ކޮންމެ މީހަކުވެސް އިންޓަނެޓު އެއްކޮޅުން އަނެއްކޮޅަށް ހާކައެވެ.
ރޯދަ މަހުގައި އާންމު ގޮތެއްގައި ފޮނި އެއްޗިހި ކޮންމެ ދުވަހަކުވެސް ކޮންމެ ގެއެއްގެ ސުފުރާމަތިން ފެނިގެންދާނެއެވެ. ހާއްސަކޮން ފޮނިއެއްޗެހީގެ އަޖުމަ ބަލައިލުމާކީ ގިނަ ބަޔަކު ކުރާ ކަމެކެވެ.
މިއަދު މި ގެނެސްދެނީ ތަފާތު ވައްތަރެއްގެ ޕުޑިންގ އެއް ތައްޔާރު ކޮށްލާނެ ގޮތެވެ. މިއީ ޗޮކްލެޓް ޕުޑިންގ އެވެ.

ބޭނުން ވާނެ ތަކެތި:
2/3 ޖޯޑު ހަކުރު
1/4 ޖޯޑު ކޮކޯ
3 މޭޒުމަތީ ސަމުސާ ކޯން ސްޓާޗް
1/4 މޭޒުމަތީ ސަމުސާ ލޮނު
2 1/4 ޖޯޑު ކިރު (ފުލް ކްރީމް)
2 މޭޒުމަތީ ސަމުސާ ބަޓަރު ނުވަތަ މާޖިރިން
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ވިޕްޑް ކްރީމް (ބޭނުންނަމަ)
ތައްޔާރު ކުރާނެ ގޮތް:
ކިރު އަދި އެސެންސް ފިޔަވާ ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށް ފަހު މަޑުމަޑުން ހާކަމުން ކިރު ކޮޅު އަޅަމުން ދާށެވެ. އެއަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއަށް ފަހު އުނދުން މައްޗަށް އުދާށެވެ. ގިނި ބަހައްޓާނީ މެދުމިނެއްގައިއެވެ. ހުއްޓައި ނުލައި ހާކަމުން ދާންވާނެއެވެ. ޕުޑިންގ ގަނޑު ރަނގަޅަށް އޮލަވަންދެން ހާކަމުން ގެންދާށެވެ. ތެރަސްފަދައިން އޮލަ ވުމުން އުނދުން ނިންވައިލާށެވެ. އަދި އެސެންސް ކޮޅު އެއްކޮލުމަށްފަހު ތައްޓަކަށް އަޅައިލާށެވެ. ބޭނުންނަމަ ސާވް ކުރުމަށް ބޭނުން ކުރާފަދަ ކުދި ތައްޓަށްވެސް އެޅިދާނެއެވެ. އެއަށްފަހު މައްޗަށް ވިޕްޑް ކްރީމް ކޮޅު އަޅައިލާށެވެ. އެމީހަކަށް ފުދޭ ވަރަކަށް އަޅެމުން ރަނގަޅުވާނެއެވެ. އެޔަށް ފަހު ފިނިކޮށްލާށެވެ. މިހާރު ހުންނާނީ މީރު މީރު ޗޮކްލެޓް ޕުޑިން ތައްޔާރު ކުރެވިފައެވެ.
ކޮމެންޓު ފޮނުވާ