ބަރަކާތް ތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ކިއުންތެރިންނަށް އަރިސް ކުރަމެވެ. 1444 ވަނަ އަހަރުގެ ފުރަތަމަ ރޯދަ އަށް މަރުހަބާ ކިޔާއިރު ތިޔަ އަރިސްތަކަށް އެންމެ ފުރަތަމަ ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ މީރު ޖޫހެއް ތައްޔާރު ކޮށްލާނެ ގޮތެވެ.
ރޯދަމަހުގައި އެންމެ ޑިމާންޑް ބޮޑު އެއްޗަކަށް ހަމަގައިމުވެސް ވެގެންދާނީ ތަފާތު ވައްތަރުގެ ޖޫހުގެ ބައިތަކެވެ. ޖޫހަކީ ރޯދަމަހާއި ގުޅި ލާމެހިފައިވާ އެއްޗެކެވެ. އަދި އެންމެންވެސް އެންމެ ފުރަތަމަވެސް ރޯދަ ވިއްލާގަޑީ ހޯދާ އެކަތިވެސްމެއެވެ.
މިއަދު މިގެނެސްދެނީ ހަށިގަނޑު ވަރަށް ބޮޑަށް ރިފްރެޝް ކޮށްލާނެ އަދި ފެންބުއިން ފިލުވައިލަ ދޭނެ ފަދަ ބުއިމެކެވެ. މިއީ ކާށި އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު އެއްޗެއް ކަމުގައި ވާ އަލަނާސިން ތައްޔާރު ކުރާ އެއްޗެކެވެ.
ބޭނުން ވާނެ ތަކެތި:
1/4 ޖޯޑު ކާށި ކިރު (ބޯ ކިރު)
3/4 ޖޯޑު ކާށި ފެން
1 ޖޯޑު އަލަނާސި
3 މޭޒުމަތީ ސަމުސާ ހަކުރު
ތައްޔާރު ކުރާނެ ގޮތް:
މި ޖޫސް ތައްޔާރު ކުރުމަށް ހުރިހާ ބޭނުންވާ ތަކެތި މިކްސަރަށް އަޅާލުމަށްފަހު ރަނގަޅަށް ގިރައިލާށެވެ. އެއަށް ފަހު ފުރޭންޏެއް ބޭނުން ކޮށްގެން ފުރާނާލާށެވެ. އަދި ރޯދަ ވީއްލަންވާ އިރަށް ފިނިކޮށްލުމުން މީރުވާނެއެވެ.