އާސެނަލުން ލީގުގެ ކުރީގައި ލީޑުފުޅާކޮށްފި

އާސެނަލުން ލީގުގެ ކުރީގައި ލީޑުފުޅާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް 4-1 އިން ބަލިކޮށް އާސެނަލުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފިއެވެ.

މެޗުގައި އާސެނަލްގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ސަކާއެވެ. ފުރަތަމަ ލަނޑުޖަހާ ލީޑް ހޯދައިދިނީ ޔޫރޮޕާ ލީގުން ކެޓި މެޗުގައި ޕެނަލްޓީ ނާކާމިޔާބުވި މާޓިނެލީއެވެ. އާސެނަލްއަށް ދެން ލަނޑުޖަހައިދިނީ ޒަހާއެވެ.

އާސެނަލް އަށް ޕޮއިންޓްގެ ލީޑަކާއެކު އެއްވަނާގައި އޮތްއިރު ލީގުގައިއި އެޓީމަށް ބާކީ އޮތީ 10 މެޗެވެ. އޭގެ ތެރޭގައި ދެވަނާގައި އޮތް ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ވާދަކުރަން ޖެހޭ މެޗު އެބައޮތެވެ. އަދި ލިވަޕޫލާ ވާދަކުރަން ޖެހޭ މެޗުވެސް އެބައޮތެވެ. ޗެލްސީގެ އިތުރުން ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ނިއުކާސަލް ޔުނައިޓެޑާ ވާދަކުރަންޖެހޭ މެޗުވެސް އެބައޮތެވެ. ލީގުގައި އާސެނަލްއަށް ކުރިއަށް އޮތީ އޭޕްރީލް އެއްވަނަ ދުވަހު ލީޑްސް ޔުނައިޓެޑާ ވާދަކުރާ މެޗެވެ.

އާސެނަލް ވަނީ ލީގުގައި ވިދިވިދިގެން ހަ މެޗުން މޮޅުވެފައެވެ. ކޯޗު އާޓެޓާ ބުނީ އެއީ ވަރަށް ރަނގަޅު ނަތީޖާތަކެއް ކަމަށާއި, އެމީހުންނަށް ކޮންޓްރޯލް ދެމެހެއްޓޭނެ ކަމަށެވެ. މިވަގުތަށް މުހިއްމީ އިންޓަރނޭޝަނަލް ބްރޭކަށްފަހުވެސް މިހާރު ކުޅުންތެރިން ތިބި ވިސްނުމާއި, ރޫހުގައި އެނބުރި އައުންކަމަށް އާޓެޓާ ބުންޏެވެ.

މި ހަފްތާގައި ސިޓީން އެފްއޭ ކަޕްގައި ކުޅެން ޖެހޭ މެޗު އޮތުމުން ލީގުގެ ކުރީގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން އާސެނަލުން މި ވަނީ ރަނގަޅަށް ހިފައިފައެވެ. އާސެނަލަށް 28 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީގެ އޮތީ 27 މެޗުން 61 ޕޮއިންޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *