ތައިލޭންޑުން ބޭރުކުރުން މަނާ ދިރޭތަކެއްތި ހިފައިގެން ރާއްޖެއަށް ފުރަން އުޅެނިކޮށް ހައްޔަރުކުރި 3 ދިވެހިން ދޫކޮށްލައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އެމީހުން ދޫކޮށްލާފައިވަނީ ކަފާލާތުގެ ދަށުންނެވެ.
ފާއިތުވި ހަފްތާގެ ބުރާސްފަތި ދުވަހު މި ތިންމީހުން ތައިލޭންޑުގެ އެއަރޕޯޓުން ހައްޔަރު ކޮށްފައިވަނީ ހުއްދަ ނެތި، ވިހަގަދަ ފައިދިގު މަކުނުތަކަކާއި އަސްދޫނި ބިސް އަދި އޭގެ އިތުރުންވެސް އެހެން ބއެއް ދިރޭތަކެތި އެގައުމުން ބޭރު ކުރަން އުޅެނިކޮށެވެ.
މިތިން ޒުވާނުން އެއަރޕޯޓުގައި ހިފެހެއްޓީ ތައިލެންޑުގެ ކަސްޓަމުން އެމީހުން ބަލާ ފާސްކުރިއިރު، ޚާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެގައުމުން ބޭރުކުން މަނާ މިތަކެތި އެމީހުން އަތުން ފެނުމާއި ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކަފާލާތުން މިއަދު ދޫކޮށްލި މީހުންނަށް ރާއްޖެ އާދެވޭނީ ތައިލޭންޑުގެ ކޯޓުން މިމައްސަލައާއި ގުޅޭގޮތުން ނިންމުމުންނެވެ.
ކޮމެންޓު ފޮނުވާ